ކ. މާލެ
|
11 އޯގަސްޓް 2018 | ހޮނިހިރު 18:43
ރީ ރެޖިސްޓްރޭޝަން ކުރިއަށްދަނީ
ރީ ރެޖިސްޓްރޭޝަން ކުރިއަށްދަނީ
މުހައްމަދު ޝަރުހާން
ރީ ރެޖިސްޓްރޭޝަން
ލައްކައެއްހާ މީހުން ރީރެޖިސްޓްރީ ކޮށްފާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ކޯލިޝަން
ފޯމް ފުރާފައިވާ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ސިޔާސީ ޕާޓީތަކާއި ހިއްސާކުރުމަށް އެދޭ
ރީ ރަޖިސްޓްރޭޝަން ފޯމް ފުރާފައިވާ ބައެއް ފަރާތްތައް ރީ ރެޖިސްޓަރ ނުވާކަމުގެ ޝަކުވާތައް ލިބިފައިވޭ

ވޯޓުލުމުގެ ހައްގު ލިބިގެންވާ  263,000 (ދެލައްކަ ފަސްދޮޅަސް ތިންހާސް) ރައްޔިތުންގެ ތެރެއިން 100،000( އެއްލައްކަ) އެއްހާ މީހުން ރީ ރިޖިސްޓްރީ ކޮށްފާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ސެޕްޓްމބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ރީ ރަޖިސްޓްރޭޝަނާއި ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ހުރި ކަންބޮޑުވުންތައް މީޑިއާ ހިއްސާ ކުރައްވަމުން އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ވިދާޅުވީ މިއަދުގެ ނިޔަލަށް އެއް ލައްކައެއްހާ ރީރަޖިސްޓްރޭޝަން ފޯމު އިލެކްޝަންސް ކޮމިޝަނަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އެ ކޮމިޝަނުން ބުނެފައިވުމުން އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެއަދަދަށް ފޯމް ލިބިއްޖެ ނަމަ ރީރެޖިސްޓްރީ ފޯމް ފުރާފައިވާ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށާއި ވާދަ ކުރާ ސިޔާސީ ޕާޓީ ތަކާއި އީސީން ހިއްސާ ކުރުމަށް އެދޭ ކަމަށެވެ

ކަންބޮޑިވުންތަކާއި ގުޅޭ ގޮތުން އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ޗެއަރ އަލީ ނަޒީރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ރީރެޖިސްޓްރޭޝަންގެ މަސައްކަތް ކޮށްދެއްވުމަށް އެދިފައިވުމުންވުމުން އެއީ ޤާނޫނާއި ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށާއި މުއައްސަސާތައް މެދުވެރިކޮށް ރީރަޖިސްޓްރޭޝަން ފޯމް ފުރާފައިވާ ބައެއް ފަރާތްތައް ރީރެޖިސްޓަރ ނުވާކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށެވެ.

ލައްކަ އެއްހާ މީހުން ރީރެޖިސްޓަރ ކޮށްފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެކަން އެގޮތަށް ހިނގައިގެންގޮސްފިނަމަ އިންތިޚާބުގެ ނަތީޖާއަށް އަސަރުކޮށްފާނެކަން ނަޒީރު ވަނީ ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ޖޭޕީގެ ޑެޕިއުޓީ ލީޑަރ ހުސައިން ރަޝީދު ހަސަން ވިދާޅުވީ ފޯމްހުށަހެޅުމަށް ކަނޑާއޅާފައިވާ ވަގުތާއި ބެހޭ ގޮތުންވެސް އޮޅުން އަރާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ހުސައިން ވިދާޅުވީ އީސީ އިން ކުރިން ހޮނިހިރު ދުވަހުގެ ރޭ 12:00 އާއި ހަމައަށް ފޯމް ހުށަހެޅޭނެ ކަމަށް ވިދާޅުވެފައި ފަހުން ހޮނިހިރު ދުވަހުގެ ހަވީރު 5:00 އަށް ވަގުތު ހަމަވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.  އެހެންކަމުން ފޯމް ހުށަހަޅާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ނުލިބިދާނެ ތީ ކަންބޮޑުވާ ކަމަށް ހުސައިން ވިދާޅުވިއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް