ކ. މާލެ
|
11 އޯގަސްޓް 2018 | ހޮނިހިރު 18:36
ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދު
ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދު
ޓްވިޓަރ
ކްރިމިނަލް ކޯޓު
ގާޒީ އަހްމަދު ރަޝީދުގެ ސަސްޕެންޝަން އުވާލައިފި
އަހުމަދު ރަޝީދު ސަސްޕެންޝަން އުވާލީ އޭނާއާ މެދު ހުށަހެޅުނު ސުލޫކީ މައްސަލަ ސާބިތު ނުވުމުން
އަހުމަދު ރަޝީދު އާދީއްތަ ދުވަހުން ފަށައިގެން ކޯޓުގައި މައްސަލަ ބައްލަވަން ފައްޓަވާނެ

ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދުގެ ސަސްޕެންޝަން އުވާލައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަހުމަދު ރަޝީދު ސަސްޕެންޝަން އުވާލީ އޭނާއާ މެދު ހުށަހެޅުނު ސުލޫކީ މައްސަލަ ސާބިތު ނުވުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަހުމަދު ރަޝީދު އާދީއްތަ ދުވަހުން ފަށައިގެން ކޯޓުގައި މައްސަލަ ބައްލަވަން ފައްޓަވާނެއެވެ.

އަހްމަދު ރަޝީދު މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 23 ވަނަ ދުވަހު ސަސްޕެންޑް ކޮށްފައިވާއިވާއިރު އޭނަ ސަސްޕެންޑް ކުރި މައްސަލަ ޖޭއެސްސީ އާންމުކޮށްފައިނުވެއެވެ.

އަހުމަދު ރަޝީދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ދެއްވީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 30 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް