ކ. މާލެ
|
17 އޯގަސްޓް 2018 | ހުކުރު 21:56
ީއިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޓަރެއް
ީއިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޓަރެއް
އެމްއެންޑީއެފް
ރާއްޖެ-އިންޑިއާގެ ގުޅުން
ރައީސް ޔާމީނަށް ހީފުޅުވަނީ އިންޑިއާއިން ރާއްޖޭގައި ހަރަކާތްތެރި ވަނީ ޗައިނާ އަށް ފާރަލުމަށް ކަމަށް: އަބީޖީތު ސިންގް
ހަޤީގަތަކީ އިންޑީއާގެ ޓީމެއް ރާއްޖޭގައި އޮތުން
ޗައިނާއަށް ފާރަލާކަމަށް ތުހުމަތު ކުރޭ

އިންޑިއާއިން ރާއްޖޭގައި ހަރަކާތްތެރި ވަނީ ޗައިނާގެ މަސައްކަތްތަކަށް ފާރަލުމުގެ ގޮތުން ކަމަށް ރައީސް އަބްދުﷲ ޔާމީނަށް ހީފުޅުވެފައި އޮންނަ ކަމަށް އިންޑީއާގެ ކަނޑުގެ އަސްކަރިއްޔާގެ ކުރީގެ އޮފިސަރެއް ކަމަށްވާ އަބީޖީތު ސިންހް ވިދާޅުވެއްޖެއެވެ.

ރޮއިޓާސް އަށް ދެއްވި ބަސްދީ ގަތުމެއްގައި އަބީޖީތު ވިދާޅުވެފައި ވަނީ އިންޑިއާއިން ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރުތައް އަނބުރާ ގެންދިއުމަށް ރާއްޖޭން އެދެމުންދާ ދިއުމުގެ ހަގީގީ މައްސަލައަކީ އިންޑިއާގެ ޓީމެއް ރާއްޖޭގައި އޮތުން ކަމަށެވެ.

އަބީޖީތު ވިދާޅުވީ ރާއްޖޭގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާއި ހަވާލުކުރައްވާފައިވާ ކަމަށެވެ.

"ރާއްޖޭގައި އުމްރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ޔާމީން ވަނީ ޗައިނާ ދައުވަތު ދެއްވާފަ، އިންޑިއާ އިން ރާއްޖޭގައި ހަރަކާތްތެރިވަނީ ޗައިނާގެ މަސައްކަތް ތަކަށް ފާރަލުމަށް ކަމަށް ޔާމީން ޝައްކު ކުރައްވާ، އެހެންވެ ރާއްޖޭގައި ތިބި އިންޑިއާގެ ޓީމު އެގައުމުން ބޭރުކޮށްލަން ޔާމީން ބޭނުންވޭ" އަބީޖީތު ވިދާޅުވެފައިވެއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާ ގޮތުން އަބީޖީތު އެވާހަކަތަކާއި ގުޅިގެން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ މަންދޫބު އަޙުމަދު މުޙައްމަދު އެއްޗެއް ވިދާޅުވާން އިންކާރު ކުރެއްވެވިއެވެ.

އަބީޖީތުގެ އެ ތުހުމަތުތަކަށް އަހުމަދު އެއްޗެއް ވިދާޅުވި ނުވި ނަމަވެސް ހެލިކޮޕްޓަރުތަކުގެ މައްސަލައިގައި، އިންޑިއާއިން ދިވެހިރާއްޖެއަށް ދީފައިވާ ދެ ހެލިކޮޕްޓަރު މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައި ވަނީ ސިއްހީ ފަރުވާ ބޭނުންވާ މީހުން އުފުލުމަށް ކަމަށް ވިދާޅުވެފައިވާ ކަމަށް ރޮއިޓަރސްގައި ރިޕޯޓްކޮށްފައިވެއެވެ.

ރަށްރަށުގައި ވަސީލަތްތައް ތަރައްގީވަމުން ދިއުމާއިއެކު ހެލިކޮޕްޓަރެއްގެ ބޭނުން ނުވާ ކަމަށާއި މިހާރު ދިވެހިރާއްޖެ އޮތީ އަމިއްލައަށް އެ ފަދަ ކަންކަން މެނޭޖުކުރެވޭ ވަރަށް ކުރިއަރާފައި ކަމަށްވެސް އަހުމަދު ވިދާޅުވެފައިވެއެވެ.

އެނގިފައިވާ ގޮތުގައި ރާއްޖޭގައި އޮތް އިންޑިއާގެ ދެ ހެލިކޮޕްޓަރާއިއެކު އިންޑިއާ އަސްކަރިއްޔާގެ 50 އަކަށް ސިފައިންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މިފަހަކަށް އައިސް ރާއްޖެއާ އިންޑިއާ ދެމެދުގައި ސިޔާސީ ގުޅުން ހީނަރުވަމުންދާ ކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. އަދި ދިވެހިރާއްޖޭގެ ދާހިލީ މަސްރަހުގައި ހިނގަމުންދާ ކަންކަމަށް ވަރަށް ބޮޑަށް އިންޑިއާ އިން އަންނަނީ ފާޑުކިޔަމުންނެވެ. އެގޮތުން ސެޕްޓެމްބަރ މަހު ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވުމުގެ ކުރިން، ގާނޫނީ އިމުގެ ތެރެއިން ބާރު ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް އިންޑިއާއިން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް