ކ. މާލެ
|
11 އޯގަސްޓް 2018 | ހޮނިހިރު 02:30
ޕޮލިޓިކަލް އެފެއާޒްގެ އެސިސްޓެންޓް ސެކްޓްރީ ޖެނަރަލް މިރޮސްލެވް ރައީސް ޔާމީނާއި ބައްދަލުކުރައްވަނީ
ޕޮލިޓިކަލް އެފެއާޒްގެ އެސިސްޓެންޓް ސެކްޓްރީ ޖެނަރަލް މިރޮސްލެވް ރައީސް ޔާމީނާއި ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ރިޔާސީ އިންތިޚާބު 2018
އިންސާފުވެރި އިންތިޚާބަކަށް އީސީއާއި ގުޅިގެން ކުރިއަށްދާން ޔޫއެން އިން ތައްޔާރަށް އޮތްކަން ހާމަކޮށްފި
ރިޔާސީ އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ގައި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި އިލެކްޝަންސް ކަމިޝަން (އީސީ) އާއި ގުޅިގެން ކުރިއަށް ދިއުމަށް ތައްޔާރަށް އޮތްކަމަށް އދ. އިން ބުނެފިއެވެ.

އިންތިހާބާ ގުޅިގެން މަޝްވަރާކުރުމަށް ޕޮލިޓިކަލް އެފެއާޒްގެ އެސިސްޓެންޓް ސެކްޓްރީ ޖެނަރަލް މިރޮސްލެވް ޖެންކާއާއި ޓީމް، ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅާއި ބެހޭގޮތުން އދ.އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީއިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާއި ގުޅިގެން މަސައްކަތް ކުރައްވަން އދ. އިން ތައްޔާރަށް އޮތްކަމަށެވެ.

ރައީސް ޔާމީންއާއި ސަރުކާރުގެ އިސް ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުން އިންތިހާބުގެ ކަންކަން އިންސާފުވެރިވާނެ ކަމުގެ އުންމީދެއް ލިބިގެން ދިޔަ ކަމަށާއި އިންތިހާބާ ގުޅިގެން ސަރުކާރުން މިހާރު ކުރަމުންގެންދާ ކަންކަމުގެ މައުލޫމާތުވެސް އެބޭފުޅުން ހިއްސާކުރައްވާފައިވާކަމަށް ބަޔާނުގައި ބުުނެފައިވެއެވެ. އަދި މިފަހަރުގެ އިންތިޚާބަކީ ވެސް މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޔާމީންއާއި ސަރުކާރުގެ އިސް ބޭފުޅުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ވިދާޅުވިކަމަށްވެސް އދ. ގެ ބަޔާނުގައި ބުނެފައިވެއެވެ.

ރިޔާސީ އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް