ކ. މާލެ
|
10 އޯގަސްޓް 2018 | ހުކުރު 21:36
އަބުރުފުޅު ފަންޑު ފޮށި ހިންނަވަރުގައި ބަހައްޓާފައި
އަބުރުފުޅު ފަންޑު ފޮށި ހިންނަވަރުގައި ބަހައްޓާފައި
ރާއްޖެ އެމްވީ
ރާއްޖެ ޓީވީ ޖޫރިމަނާކުރުން
ރާއްޖެ ޓީވީ ޖޫރިމަނާކުރުމުން ޕާކިސްތާން ޕްރެސް ފައުންޑޭޝަނުން ރައީސް ޔާމީނަށް ކަންބޮޑުވުމުގެ ސިޓީއެއް!
ސިޓީގައި ގޮވާލާފައިވަނީ ރާއްޖެ ޓީވީއާއި ދެކޮޅަށް ކޮށްފައިވާ ޖޫރިމަނާ އުވާލުމަށް

ރާއްޖެ ޓީވީ ޖޫރިމަނާކުރުމާއި ގުޅިގެން ޕާކިސްތާނުގެ ޕްރެސް ފައުންޑޭޝަނުން ކަންބޮޑުވުން ފާޅުކޮށް، ރައީސް އަބްދުﷲ ޔާމީނަށް ސިޓީއެއް ފޮނުވައިފިއެވެ.

ޕާކިސްތާން ޕްރެސް ފައުންޑޭޝަންގެ ސެކްރެޓަރީ ޖެނެރަލް އުވައިސް އަސްލަމް އަލީ ސޮއެކުރައްވައި ފޮނުވާފައިވާ ސިޓީގައި ގޮވާލާފައިވަނީ ރާއްޖެ ޓީވީއާއި ދެކޮޅަށް ކޮށްފައިވާ ޖޫރިމަނާ އުވާލުމަށެވެ. އަދި ސަރުކާރުން ބްރޯޑްކާސްޓަރުންނާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އަމާޒުކޮށްގެން ހިންގާ ކަންކަން ހުއްޓާލުމަށްވެސް އެޖަމްއިއްޔާއިން ވަނީ ގޮވާލާފައެވެ. 

ޕާކިސްތާނުގެ ޕްރެސް ފައުންޑޭޝަނުން މި ސިޓީ ފޮނުވާފައި މިވަނީ ނޫސްވެރިންގެ ހައްޤުގައި މަސައްކަތްކުރާ ޖަމްއިއްޔާއެއްކަމަށްވާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސްއިންވެސް ރާއްޖެ ޓީވީ ޖޫރިމަނާކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމި ނިންމުން ބާތިލްކުރުމަށް ގޮވާލާފައިވަނިކޮށެވެ. ޕާކިސްތާނުގެ ޕްރެސް ފައުންޑޭޝަނުން ރައީސް ޔާމީނަށް ފޮނުވި ސިޓީގައިވެސް ސީޕީޖޭގެ ބަޔާނާއި، ޖޫރިމަނާގެ މައްސަލައިގައި ރާއްޖެ ޓީވީއިން ނެރުނު ބަޔާނުގައި ހިމެނޭ ކަންކަން ފާހަގަކޮށްފައިވެއެވެ. 

ޕާކިސްތާން ޕްރެސް ފައުންޑޭޝަނަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި، ނޫސްވެރިންގެ ހައްޤުގައި ވަކާލާތުކުރާ ޕާކިސްތާނުގެ އަމިއްލަ ޖަމްއިއްޔާއެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް