ކ. މާލެ
|
10 އޯގަސްޓް 2018 | ހުކުރު 19:19
ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް މީހަކު އެހީތެރިވަނީ
ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް މީހަކު އެހީތެރިވަނީ
މުހައްމަދު ޝަރުހާން
ރާއްޖެޓީވީ ޖޫރިމަނާކުރުން
މިއީ މީޑިއާތަކާއެކު ރައްޔިތުން ތެދުވާންވީ ވަގުތު: އަލީ ޒާހިރު
މީޑިއާގެ މިނިވަންކަން ހޯދައިދޭނަން

މިއީ އިސްލާހަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން މީޑިއާތަކާއެކު ތެދުވާންވީ ވަގުތުކަމަށް އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެެ. 

ރާއްޖެޓީވީގެ "އަބުރުފުޅު ފަންޑު" ހުޅުވުުމަށް ބޭއްވި ރަސްމިއްޔަތަށްފަހު ވަހަކަދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ މިއީ މިނިވަން މީޑިއާއެކު ރާއްޖޭގެ ހުރިހާ ރައްޔިތުން ސާބިތުވެ ތިބެންޖެހޭ ވަގުތުކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ރާއްޖެޓީވީގެ ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަލީ ޒާހިރު ގޮވާލެއްވި އެވެ. 

އަލީ ޒާހިރު ވިދާޅުވީ މީޑިއާތަކާއެކުގައި ކުރިއަށް އޮތް ކުޑަ ދުވަސްކޮޅު ރައްޔިތުން ހިފާއްޓާލައިފިނަމަ ކާމިޔާބު ލިބޭނެކަމަށެވެ. އަދި އެ ބޭފުޅުންގެ ސަރުކާރެއްގައި ކެނޑިޑޭޓް ވިދާޅުވި ފަދައިން މީޑިއާގެ މިނިވަންކަން ހޯދައިދެއްވާނެކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ. 

"އަދި މީޑިއާތަކަށް ހުރަސްއެޅޭގޮތަށް ހެދިފައި ހުރި ޤަނޫނުތައްވެސް އުވާލާ، ނުވަތަ އިސްލާހްކޮށް، އަޅުގަނޑުމެން އޭގެ ގޮތުގައި ފުރިހަމައަށް މީޑިއާތަކަށް ހަރަކާތްތެރިވުމުގެ ފުރުސަތު ހޯދަދޭނަން"

ބުދަ ދުވަހު ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ހަތަރު ވަނަ ފަހަރަށް ޖޫރިމަނާ ކޮށްފައިވަނީ އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭ އެންމެ ބޮޑު އަދަދުންނެވެ. މި ޖޫރިމަނާކުރީ، މިއަހަރުގެ މާޗް 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރަމުންދިޔަ މުޒާހަރާ ރާއްޖެ ޓީވީން ގެނެސްދެމުން ދިޔައިރު މީހަކު ދެއްކި ވާހަކައަކާ ގުޅިގެންނެވެ.

އެ މީހާ ދެއްކި ވާހަކަ އިން ގައުމީ ސަލާމަތަށް ނުރައްކާވި ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނާއިރު، ގައުމީ ސަލާމަތުގެ ކަންކަން ބެލެހެއްޓުމަށް ގާނޫނުން މަތިކޮށް އެކަމުގެ ވާޖިބު ހަވާލު ކޮށްފައިވާ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއްވެސް ނެތްކަން ރާއްޖެޓީވީން ވަނީ  ފާހަގަކޮށްފައިއެވެ. އޭގެއިތުރުން އެކަމުގެ މައްސަލައެއްވެސް ބަލާފައެއް ނެތްކަންވެސް ސްޓޭޝަނުން ފާހަގަކޮށްފައިވެއެވެ. އެ ވާހަކަ ދެއްކި މީހާއާ ސުވާލެއް ވެސް ނުކުރެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް