ކ. މާލެ
|
10 އޯގަސްޓް 2018 | ހުކުރު 17:01
ރީ-ރަޖިސްޓްރޭޝަން މަސައްކަތް ކުރިއަށްދަނީ
ރީ-ރަޖިސްޓްރޭޝަން މަސައްކަތް ކުރިއަށްދަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
72 ހާސް މީހުން ރީ-ރަޖިސްޓަރ ވެއްޖެ
ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ހޮނިހިރު ދުވަހުގެރޭ 12:00

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރކުރުމަށް މިހާތަނަށް 72 ހާހަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް ވިދާޅުވީ މިއަދުގެ ފޯމު ބަލައިގަތުމުގެ ވަގުތު މިރޭގެ 9:00 އަށް އަދި މާދަމާ ފޯމު ބަލައިގަތުން މާދަމާ ރޭ 12:00 އާއި ހަމަޔަށް އިލެކްޝަންސް ސެންޓަރގައި ކުރިއަށްދާނެކަމަށެވެ. މާދަމާ (ހޮނިހިރު ދުވަސް) އަކީ ރީރަޖިސްޓަރކުރުމަށް ހުށަހެޅޭނެ އެންމެ ފަހު ދުވަހެވެ. ރީ-ރަޖިސްޓަރކުރުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ފޯމުގައިވާ އިނގިލީގެ ނިޝާން ވެރިފައިކުރުމަށް ފުލުހުން މެދުވެރިކޮށް އެކަން ކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ބުރާސްފަތި ދުވަހު އެކަނިވެސް 15 ހާސް ފޯމު ހުށަހަޅާފައިވާކަމަށެވެ. ސިޔާސީ ޕާޓީތަކުން ކުރަމުންދާ ރީރަޖިސްޓްރޭޝަން މަސައްކަތުގެ ތެރެއިން މިހާރު އިލެކްޝަންސް ކޮމިޝަނަށް ފޯމުތައް ހުށަހަޅަމުން ދަނީ ބަލްކްކޮށް ކަމަށް މައުލޫމާތު ލިބެއެވެ. 

ރީރަޖިސްޓަރވުމުން އެސްއެމްއެސް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނުން އެމީހަކަށް އެކަން އަންގައެވެ. އަދި VR ޖެއްސެވުމަށްފަހު އައިޑީ ކާޑް ނަމްބަރު ޖެއްސެވުމަށްފަހު 1414 އަށް ފޮނުވުމުންވެސް ރީރަޖިސްޓަރވެފައިވާތަން އެނގޭނެއެވެ. 

ސެޕްޓެމްބަރ 23 ގައި ރިޔާސީ އިންތިޚާބު އޮންނައިރު، އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު 263،000 އަށް އަރައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް