ކ. މާލެ
|
10 އޯގަސްޓް 2018 | ހުކުރު 09:36
ޖޭޕީގެ ކައުންސިލް މެންބަރު އައިޝާ އދ. އަށް ފުރާވަޑައިގަންނަވަނީ
ޖޭޕީގެ ކައުންސިލް މެންބަރު އައިޝާ އދ. އަށް ފުރާވަޑައިގަންނަވަނީ
މުހައްމަދު ޝަރުހާން
އިދިކޮޅު ކޯލިޝަން
އިބޫ އާއި ފައިސަލް އަށް ތާއީދު ހޯއްދެވުމަށް އައިޝާ އދ. އަށް
މި ދަތުރުގައި އދ. ގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ
ކޯލިޝަންގެ ހުރިހާ ޕާޓީއަކުން ވެސް މި ދަތުރުގައި ބައިވެރިވޭ

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހާއި ރަނިންގ މޭޓް ފއިސަލް ނަސީމަށް ތާއީދު ހޯއްދެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޖޭޕީގެ ކައުންސިލް މެންބަރު އާއިޝަތު ނަހުލާ އާއި ގުޅިފައިވާ ޕާޓީތަކުގެ ޓީމު އދ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.

އދ. އަށް ފުރާވަޑައިގަތުމުގެ ކުރިން ހުކުރު ދުވަހު ހެނދުނު ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އައިޝާ ވިދާޅުވީ މި ކެމްޕޭން ދަތުރުގައި ގުޅިފައިވާ ކޯލިޝަންގެ ހުރިހާ ޕާޓީއަކުން ވެސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ.

ހަތަރު ވަރަކަށް ދުވަހުގެ މި ދަތުރުގައި އދ. ގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް އައިޝާ ވިދާޅުވިއެވެ.

އައިޝާ އިސްނަންގަވައިގެން ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެއެވެ. އައިޝާގެ ފިރިކަލުން ގާސިމްއަކީ އދ. މާމިނގިލީ ބޭފުޅެކެވެ. 

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު ހޯއްދެވުމަށް އައިޝާ ވަނީ މި ހަފްތާގައި ލ. އަތޮޅަށް ވެސް ދަތުރުކުރައްވާފައެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވައި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެކަން ކަމަށް ގެނެސްދޭނެ ހައްލުތައް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން ރަށްރަށުގެ އަންހެން ބޭފުޅުންނާ ވެސް ބައްދަލުކުރައްވައި އަންހެނުންގެ ކުރިއެރުމަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މި ދަތުރުތަކުގައި މަޝްވަރާ ކުރައްވާނެ ކަމަށް އަލީ ސާލިހް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް