ކ. މާލެ
|
9 އޯގަސްޓް 2018 | ބުރާސްފަތި 14:45
އަދުލީ: ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ރަސްމިއްޔާތުގައި
އަދުލީ: ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ރަސްމިއްޔާތުގައި
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ރައީސް ޔާމީންގެ ކެމްޕެއިން އެޖެންޓަކަށް މިފްކޯގެ އެމްޑީ އަދުލީ ހަމަޖައްސައިފި
ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ހުށަހަޅުއްވާފައި ވަނީ މިއަދު

މިއަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ސަރުކާރު ހިންގާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ އެޖެންޓަކަށް މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު އަދުލީ އިސްމާއީލް ހަމަޖައްސައިފިއެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމާ ގުޅިގެން ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ ކެމްޕެއިން އެޖެންޓަކީ އަދުލީ ކަމަށެވެ. 

އިލެކްޝަންސް ކޮމިޝަނަށް ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ހުށަހެޅުއްވުމަށް ވަޑައިގެންނެވީ ޕީޕީއެމް ނާއިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލުގެ އިތުރުން ކެމްޕެއިން މެނޭޖަރު އަދުލީއެވެ.

އަދުލީ ގެންދަވަނީ ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހުގެ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ގާނޫނީ ވަކީލު ހިސާން ހުސެއިންއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް