ކ. މާލެ
|
9 އޯގަސްޓް 2018 | ބުރާސްފަތި 13:16
ރާއްޖެ ޓީވީ ހިންގާ އިމާރާތް
ރާއްޖެ ޓީވީ ހިންގާ އިމާރާތް
މުހައްމަދު ޝަރުހާން
ރާއްޖެ ޓީވީ ޖޫރިމަނާކުރުން
ރާއްޖެ ޓީވީ ޖޫރިމަނާކުރުމުން ލިބޭ ގެއްލުމުގެ ބަދަލު ވަރަށް އަވަހަށް ލިބޭނެ: މަހުލޫފް
އިސްލާހީ މަސައްކަތުގައި އެންމެ ބޮޑު ދައުރެއް އަދާކުރި އެއް ސްޓޭޝަނަކީ ރާއްޖެ ޓީވީ
އެ ސްޓޭޝަންގެ ނޫސްވެރިންގެ ގުރުބާނީ ވަރަށް ބޮޑުކަން ފާހަގަ ކުރެއްވި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުން ލިބޭ މާލީ ގެއްލުމުގެ ބަދަލު ދާދި އަވަހަށް ލިބޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު މަހުލޫފް ކުރައްވަފައިވާ ޓްވީޓްގައި ވަނީ އިސްލާހީ މަސައްކަތުގައި އެންމެ ބޮޑު ދައުރެއް އަދާކުރި އެއް ސްޓޭޝަނަކީ ރާއްޖެ ޓީވީ ކަމަށެވެ. އަދި ރާއްޖެ ޓީވީ އާއި އެ ސްޓޭޝަންގެ ނޫސްވެރިންގެ ގުރުބާނީ ވަރަށް ބޮޑު ކަން މަހުލޫފް ވަނީ ފާގަހަ ކުރައްވާފައެވެ.  

ޖޫރިމަނާ ކުރުމުން ލިބޭ މާލީ ގެއްލުމުގެ ބަދަލު ހޯދާނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް އާއި އެ ކޮމިޝަންގެ މެންބަރުން ކަމަށް މަހުލޫފް ވިދާޅުވިއެވެ.

ބުދަ ދުވަހު ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ހަތަރު ވަނަ ފަހަރަށް ޖޫރިމަނާ ކޮށްފައިވަނީ އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭ އެންމެ ބޮޑު އަދަދުންނެވެ. މި ޖޫރިމަނާކުރީ، މިއަހަރުގެ މާޗް 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރަމުންދިޔަ މުޒާހަރާ ރާއްޖެ ޓީވީން ގެނެސްދެމުން ދިޔައިރު މީހަކު ދެއްކި ވާހަކައަކާ ގުޅިގެންނެވެ.

އެ މީހާ ދެއްކި ވާހަކަ އިން ގައުމީ ސަލާމަތަށް ނުރައްކާވި ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނާއިރު، ގައުމީ ސަލާމަތުގެ ކަންކަން ބެލެހެއްޓުމަށް ގާނޫނުން މަތިކޮށް އެކަމުގެ ވާޖިބު ހަވާލު ކޮށްފައިވާ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއްވެސް ނެތްކަން ރާއްޖެޓީވީން ވަނީ  ފާހަގަކޮށްފައިއެވެ. އޭގެއިތުރުން އެކަމުގެ މައްސަލައެއްވެސް ބަލާފައެއް ނެތްކަންވެސް ސްޓޭޝަނުން ފާހަގަކޮށްފައިވެއެވެ. އެ ވާހަކަ ދެއްކި މީހާއާ ސުވާލެއް ވެސް ނުކުރެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
9 އޯގަސްޓް 2018 | ބުރާސްފަތި 09:12
ހ މ ޒ
ރައީސް ޔާމީން ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިފި!!!
9 އޯގަސްޓް 2018 | ބުރާސްފަތި 09:12
ހ މ ޒ
ރައީސް ޔާމީން ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިފި!!!