ކ. މާލެ
|
9 އޯގަސްޓް 2018 | ބުރާސްފަތި 12:13
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބް 2018
ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ގދ. ގެ ތިން ރަށަށް ވަޑައިގަންނަވާފައިވޭ
ޖުމްލަ ވަޑައިގަތީ ހުވަދު އަތޮޅުގެ 6 ރަށަކަށް
ކޫއްޑޫ މަސްވެރިންގެ މެރީނާ ރައީސް ވަނީ ހުޅުވައިދެއްވާފައި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުވަދުއަތޮޅު އުތުރުބުރި އާއި ހުވަދުއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ގދ. މަޑަވެއްޔާއި، ގދ. ފަރެސްމާތޮޑާ އަށް ވަޑައިގެން އެދެރަށުގެ ބަނދަރު ހުޅުވައިދެއްވާފައި ވެއެވެ. މީގެ އިތުރުން ދެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ގދ. ގައްދޫއަށް ވަޑައިގަންނަވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ގއ. ކޮނޑޭ އާއި ކޮލަމާފުއްޓަށް ވަޑައިގަންނަވާފައި ވެއެވެ. ކޮލަމާފުއްޓަށް ވަޑައިގެން އެރަށުގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި އެރަށުގައި ގާއިމްކޮށްފައިވާ ފެނުގެ ހިދުމަތް ވެސް ވަނީ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފައެވެ.

މިދަތުރުފުޅުގައި ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރައްވައި، ވިލިނގިލީގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ވެސް ހުޅުވައިދެއްވާފައި ވެއެވެ. މީގެ އިތުރުން ކޫއްޑޫ މަސްވެރިންގެ މެރީނާ ވެސް ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ހުޅުވައިދެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް