ކ. މާލެ
|
8 އޯގަސްޓް 2018 | ބުދަ 18:39
ފައިސަލް ކެމްޕެއިންގެ ތެރެއިން އާންމު މީހަކާ ބައްދަލު ކުރައްވަނީ
ފައިސަލް ކެމްޕެއިންގެ ތެރެއިން އާންމު މީހަކާ ބައްދަލު ކުރައްވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ފައިސަލް މިއަދު ވެސް ބައެއް ގެތަކަށް
ސަލާން ޖެހުން ނައްތާލަން މަސައްކަތް ކުރާނަން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ފައިސަލް ނަސީމް މާލޭގެ ބައެއް ގެތަކަށް ވަޑައިގެންފިއެވެ.

ބުދަ ދުވަހުގެ ހެނދުނު ފައިސަލް ވަނީ މާލޭގެ ހެންވޭރުގެ ބައެއް ގެތަކަށް ވަޑައިގެންފައެވެ. ފައިސަލް ވަނީ ގެތަކަށް ވަޑައިގެން އާންމު މީހުންގެ ދިރިއުޅުމުގެ ހާލަތު އޮޅުން ފިލުވައިދެއްވާފައެވެ. އަދި އާންމު ބައެއް މީހުން ކުރިމަތިކުރުވި ސުވާލުތަކަށް ފައިސަލް ވަނީ ޖަވާބު ދެއްވާފައެވެ.  

މާލޭގެ ބައެއް ގެތަކަށް ވަޑައިގަތުމަށް ފަހު ފައިސަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާލޭގެތަކުގައި މީހުން ދިރިއުޅެމުން ގެންދަނީ ވަރަށް ހާލުގައި ކަމަށެވެ.

"ވަރަށް ދަތި ދިރިއުޅުމެއްގައި ރައްޔިތުންގެ އުޅެމުން އެބަ ދޭ. ވަރަށް ކުދިކުދި ތަންތަންކޮޅުގައި ރޮއިފައި އަޅުގަނޑުމެންގާތު އެ ވާހަކަ ދައްކަނީ. މި ކަހަލަ ތަންތަނުގައި ޕޮއިންޓް ފޯމް ގެންގުޅޭކަށް ނުޖެހޭ. އެތަންތަނަށް ވަނީމަ ޓިކް ކޮށްލަންވީ މިއީ ފްލެޓް ލިބެން ޖެހޭ ތަންތަންގޮތުގައި. ވަކި ސަރވޭއެއް ވެސް ހަދާކަށް ނުޖެހޭ. އެ ބޭފުޅުންގެ ހާލަތު ފެނުނީމަ އެބަ އިނގޭ އެމީހުން އުޅެނީ ކިހާވަރެއްގެ ދިރިއުޅުމެއް ކަން،" ފައިސަލް ވިދާޅުވި އެވެ.  

ފައިސަލް ވިދާޅުވީ އެކި ބަލިތައް ތަހައްމަލުކުރަން ޖެހިފައިވާ މީހުނަށް ވެސް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަން ގޭގެއަށް ޒިޔާރަތްކުރުމުން ފާހަގަ ކުރެއްވޭ ކަމަށެވެ. ބޮޑެތި ބަލިތައް ތަހައްމަލުކުރަން ޖެހިފައިވާ މީހުނަށް އާސަންދަ ލިބުމުގައި އަދިވެސް ދަތިތަކާ ކުރިމަތިވާ ކަމަށް ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ސަލާން ޖަހަން ނުޖެހޭނެ ގޮތައް ސިއްހީ ނިޒާމް ބައްޓަން ކުރާނެ ކަމަށެވެ.

 މީގެ އިތުރުން ފައިސަލް ވިދާޅުވީ ކެމްޕެއިނުގައި ގެތަކަށް ޒިޔާރަތްކޮށް މީހުންގެ ހާލު ބެލުމަށް ވެރިކަމަށް އައުމަށް ފަހު ވެސް ގެތަކަށް ޒިޔާރަތްކުރައްވާނެ ކަމަށެވެ. ފައިސަލް ވަނީ ހެނދުނާއި މެންދުރު ފަހު ވެސް ގެތަކަށް ވަޑައިގެންފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް