ކ. މާލެ
|
8 އޯގަސްޓް 2018 | ބުދަ 16:36
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ
މުހައްމަދު ޝަރުހާން
ރިޔާސި އިންތިޚާބު 2018
އެއްވެސް މެމްބަރަކު އިސްތިއުފާ ދެއްވާކަށް ނޫޅުއްވާ: އިލެކްޝަންސް
އިންތިޚާބު ފަސްކުރާކަށް ނޫޅޭ: އަކުރަމް

އިލެކްޝަންސް ކޮމިޝަނުގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވަން އުޅުއްވާކަމަށް ސޯޝަލް މީޑިއާގައި ފަތުރަމުން ދިޔަ ޚަބަރު އެ ކޮމިޝަނުން ބުދަ ދުވަހު ދޮގުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުކުރި ޓްވީޓެއްގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ފަސް މެމްބަރުން އިސްތިއުފާ ދެއްވަން އުޅުއްވާކަމަށާއި އެކަން ކުރަނީ އިންތިޚާބު ފަސްކުރަން ކަމަށެވެ.

އަކުރަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ އެއްވެސް މެމްބަރަކު އިސްތިއުފާ ދެއްވަން ނޫޅުއްވާކަމަށާއި އަދި އިންތިޚާބު ފަސްކުރަންވެސް ނޫޅުއްވާ ކަމަށެވެ.

"އިންތިޚާބެއް ފަސްވާނެ ކަމެއް އަޅުގަނޑުމެން ނުކުރާނެ، ގާނޫނީ ގޮތުން ހަވާލުވެފައިވާ މަސްއޫލިއްޔަތު އަދާކުރާނެ" ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވިއެވެ.

އިންތިޚާބު ފަސްކޮށްފާނެކަމުގެ ވާހަކަތައް އެކި ގޮތްގޮތަށް ދެކެވެމުން ދަނިކޮށް ޕީޕީއެމްއިން ބުނެފައިވަނީ ޕީޕީއެމުން ބޭނުންވަނީ ސެޕްޓެމްބަރު 23 ގައި އިންތިހާބު ބާއްވަންކަމަށާއި، ހާއްސަ ހާލަތެއް މެދުވެރިވެ، އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ފަސްކޮށްފިނަމަ، އެކަން ގަބޫލުކުރާނެކަމަށެވެ.

ސަރުކާރާއި، އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރަނީ އިންތިހާބު ފަސްކޮށް، އިންތިހާބު ނުބޭއްވުމަށްކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުން ދަނިކޮށް، އެ ތުހުމަތުތަކަށް ރައްދުދިނުމުގެ ގޮތުން ހ. ސަކީނާމަންޒިލްގައި މި މަހުގެ ފަސްވަނަ ދުވަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިންތިހާބު ފަސްކުރުމަށް ޕީޕީއެމުން ބޭނުން ނުވާކަމަށެވެ.

އިންތިޚާބު ފަސްކުރުމުގެ ވިސްނުމެއް އިލެކްޝަންސް ކޮމިޝަނުގެވެސް އަދި ޕީޕެއެމްއިންވެސް ނުގެންގުޅޭކަމަށް ބުނެފައިވާއިރު 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުވެސް ޕީޕީއެމްއަށް ތައްޔާރު ނުވެވިގެން އެތައް ފަހަރެއްގެ މަތިންވަނީ ފަސްކޮށްފައެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް