ކ. މާލެ
|
8 އޯގަސްޓް 2018 | ބުދަ 13:21
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ލ. ގަމުގެ ފެނުގެ ނިޒާމް ގާއިމްކުރާނަން: އިބޫ
ސުނާމީ އަށްފަހު ގަމުގައި ގާއިމްކުރި ފެންޕްލާޓުން ގޭގެއަށް ފެން ނުލިބޭ
ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ލ. އަތޮޅުގައި ލޯކަލް ޓޫރިޒަމް ތަރައްގީކުރާނަން
އިބޫ ވަނީ މަތިމަރަދޫ އަދި މުކުރިމަގު އަވަށު ޖަގަހަ ހުޅުއްވާދެއްވާފަ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ހައްދުންމަތީ ގަމު ފެނުނުގެ ނިޒާމް ގާއިމް ކޮށްދެއްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ހެނދުނު ހައްދަމުންމަތީ ގަމު މަތިމަރަދޫ އަވަށު "ޖަޒީރާ މަތިވަރު" ޖަގަހަ ހުޅުވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ގަމުގައި 5000 އަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅެމުން ދާއިރު، އެރަށުގެ ގޭގެ އަށް "ތާޒާ ފެން" ނުލިބޭ ކަމަށެވެ. އާބާދީ ބޮޑު ރަށެއްގައި ފެނުމުގެ ނިޒާމް ގާއިމްނުކޮށް އޮންނަން ވާނެ ކަމަށް އެމަނިކުފާން ގަބޫލުނުކުރައްވާނެ ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އިސްކަމެއްދީގެން ގަމުގެ ފެނުމުގެ ނިޒާމް ގާއިމްކޮށް، ތާޒާ ފެން ގޭގެއަށް ލިބޭނެ ގޮތަށް ހައްދަވާ ދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

"މިއޮތް ބޮޑު ރަށުގައި މި އޮތް ގިނަ މީހުން ދިރިއުޅެމުން އަންނަ އިރު، މި ރަށުގެ ގޭގެއަށް ތާޒާ ފެނެން ނުލިބޭ، އެކީ އެކަން އޮންނަން ވާނެ ގޮތް ކަމަށް އަޅުގަނޑެއް ނުދެކެން، ތަނެން ތަރައްގީވެގެންދާއިރު، އެތަނަކަށް ބޭނުންވާ އެފަދަ އެފަދަ ވަސީލަތްތަށް ހުންނަންވާނީ ފޯރުކޮށްދީފަ، އެހެންނަމަވެސް މިއަދާ ހިސާބަށް އައިރު މި ރަށުގެ ގޭގެއަކަށް ފެނެން ނުލިބޭ، ފެން ޕްލާންޓެއް މި ރަށުގައި ސުނާމީ އަށް ފަހު ބެހެއްޓިފައި ހުރި ނަމަވެސް އެއީ ގޭގެއަށް އެއިން ފެން ލިބޭ ގޮތަށް ހުރި ޕްލާންޓެއް ނޫން، އަޅުގަނޑުމެންގެ ވެރިކަމުގައި އިރާދަކުރެއްވިއްޔާ މިސަރަހައްދު ތަރައްގީކުރަމުންދާއިރުގައި، ހުރިހާ ގޭގެއަށް ފެނުމުގެ ވަސީލަށްތަށް އަޅުގަނޑުމެން ދެމުން ގެންދާނަން" އިބޫ ވިދާޅުވިއެވެ.

މަތިމަރަދޫ އަވަށް އިބޫ ވަޑައިގަތުމުން އެމަނިކުފާނަން މަރުޙަބާ ދަންނަވަނީ

އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ޝަރީފު ވިދާޅުވީ މިހާރު ގައުމުގައި އާރުއޯ ޕްލާންޓެއް ތުނޑީ އަވަށުގައި ހުންނަކަމަށެވެ. އެހެންނަމަވެސް އެ ޕްލާންޓުން ފެން ލިބެން އަދި ނުފަށާކަން ފާހަގަކުރަމުން އަބްދުﷲ ޝަރީފް ވިދާޅުވީ އެ ޕްލާންޓުން ފެނުމުގެ ހިދުމަތް ދޭން ފެށުމުން ފެން ލިބޭނީ ރަށުގެ ބަނދަރު ފަދަ ތަންތަނަށެވެ. ގޭގެ އަށް ފެން ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލ. އަތޮޅުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެވޭނެ ކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ގަމުގައި ލޯކަލް ޓޫރިޒަމް ކުރިއަރުވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި ތާރަފްކުރި ލޯކަލް ޓޫރިޒަމުން މިއަދު ވެސް ގަމަށް ކުރިއެރުމާއި ތަރައްގީ ލިބެމުން އަންނަކަން އިބޫ ފާހަގަކުރެއްވިއެވެ.

"ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރު އެކުލަވާލުމަށް ފަހު، މި ދާއިރާގައި ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް އަޅުގަނޑުމެން މަޝްރޫއުތައް ކުރިއަށް ގެންދާނެ ވާހަކަ މިފުރުސަތުގައި ތިބޭ ފުޅުންނަން ދަންނަވަން" އިބޫ ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް