ކ. މާލެ
|
8 އޯގަސްޓް 2018 | ބުދަ 13:41
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު
ޕީޕަލް މެގަޒިން
ރިޔާސީ އިންތިހާބު 2018
މާބަނޑު މީހުންނަށް އެމްޑީޕީން ދޭން ނިންމާފައިވާ ޕޭ ލީވް ސަރުކާރަށް ކަމު ނުދިޔަ!
މެމްބަރު މުއާޒު ވިދާޅުވަނީ އެއީ ކުޅަދާނަ ކަމެއް ނޫން ކަމަށް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯގައި ހިމެނޭ، މާބަނޑު އަންހެނުންނަށް ދޭން ނިންމާފައިވާ ހަ މަސް ދުވަހުގެ "ޕޭ ލީވް" އަކީ ސަރުކާރަށް އެހާ ކަމުދާ ވައުދަކަށް ނުވެ، އެ ވައުދަށް ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދުގެ ފާޑު ކިޔުން އަމާޒު ކޮށްފި އެވެ. 

ރައީސް އަބްދުﷲ ޔާމީން އާއި ސަރުކާރަށް ނިސްބަތްވާ ގިނަ މިނިސްޓަރުންނާއި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގއ. އަދި ގދ އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަންގާރަ ދުވަހުގެ މަޑަވެއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާ އެ ވަފުދުގެ ބޭފުޅުން ބޭއްވި ބައްދަލުވުމުގައި މުއާޒު ވިދާޅުވީ އިދިކޮޅު ފަރާތްތަތަކުން "ވަރަށް ސަޅި ވައުދު" ވަމުންދާ ކަމަށެވެ.

"ވަރަށް ސަޅި ވައުދުވޭ އެމީހުން. އެއް ވައުދަކީ މެޓާރނިޓީ ލީވްގެ ވާހަކަ. 6 މަސް ދުވަހުގެ މެޓާރނިޓީ ލީވް ދޭނަމޯ، މިސްކޫލްގެ މަޑަވެލި ސްކޫލް 80 ޕަސެންޓަކީ ސްޓާފުންނަކީ ވިހާ އުމުރުގެ އަންހެނުން ކަމަށްވޭ، ދިވެހިރާއްޖޭގެ ސްކޫލްތަކުގެ 77 ޕަސެންޓަކީ ވިހާ އުމުރުގެ އަންހެން މުވައްޒަފުން. އެހެންވީމާ ތިބޭފުޅުން ވިސްނަވާ 6 މަސް ދުވަހުގެ ޗުއްޓީ ނެގީމައި، ލިބޭނީކީވެސް 6 މަސް ދުވަހެއް ނޫން، އާއިލީ ޒިންމާއާއި 10 ދުވަހާއި ބަންދު ދުވަހާއި އަދިވެސް ދެން ހުންނަ އެމަޖެންސީ ކަންކަން ހިމަނައިގެން، 8 މަސް ދުވަހު ޗުއްޓީ ލިބޭނެ ވިހާ މީހަކަށް. މިއީ ކުޅަދާނަ ކަމެއްތޯ. އެންމެ ޓީޗަރެއް ކިޔަވާއިދެން ނަޔަސް ދެން ހުރި ޓީޗަރެއް ލައްވާ ދަރިވަރުންނަށް ކިޔަވާދޭން ޖެހޭ. އެހެންވީމާ ދަރިވަރުންނަށް ކިހާ ބޮޑު ގެއްލުމެއްތޯ އެ ދެވެނީ،" ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު މުއާޒު ރަޝީދު ވިދާޅުވި އެވެ.

ވަޒީފާއާބެހޭ ގާނޫނުގައި މިހާރު ބުނާގޮތުން ވިހެއުމުގެ ޗުއްޓީގެ ގޮތުގައި 60 ދުވަސް ލިބިދެ އެވެ. 

އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައިވާ ގޮތުން މާބަނޑު އަންހެނުންނަށް 6 މަސް ދުވަހުގެ ޕޭ ލީވެއް ލިބޭއިރު އޭނާގެ ފިރި މީހާއަށް ވެސް އެއް މަސްދުވަހުގެ ޕޭ ލީވެއް ލިބިއެވެ. އަދި ވިހާ ދުވަހު ތުއްތު ދަރިފުޅަށް އެވަގުތު ބޭނުންވާ ސާމާނު ހިމެނޭ "ހަދިޔާ ފޮށި" އެއް ވެސް ލިބިދެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
9 އޯގަސްޓް 2018 | ބުރާސްފަތި 09:55
ކޮލެޖް ބޯއީ
އަންހެނުންގެ ބޮޑު އިންސައްތަ އެއް ވިހާ އުމުރުގައި ތިއްބަސް، ވިހާ އުމުރުގެ ކިތަންމެ ބަޔަކު ވަޒީފާ ގައި ތިއްބަސް، ރާއްޖޭގެ އާބާދީ އަހަރަކު އިތުރު ވާ އިންސައްތަ ބަލައިލީމަ އެހެރީ ފެންނަން ދޯ ކިތައް އަންހެނުންކަން އަހަރަކު މި ވިހަނީ. މެންބަރު މުއާޒު ހިސާބު ހަދަން ދަންނަނީ އެއްކޮޅުން ދޯ.