ކ. މާލެ
|
8 އޯގަސްޓް 2018 | ބުދަ 11:15
މެމްބަރު އަބްދުﷲ ސިނާނު
މެމްބަރު އަބްދުﷲ ސިނާނު
މަޖިލިސް
ސަރުކާރު ވައްޓާލަން އުޅުން
ސިނާނު ޖަލުގައި ހަމަސް: އެންމެން އިބޫއަށް ވޯޓް ދެއްވަން އޭނާ ގޮވާލައްވައިފި
23 ސެޕްޓެމްބަރުގައި ނިކުންނަވާ އިބޫއަށް ވޯޓު ދެއްވުމަށް ސިނާނު ގޮވާލެއްވި
ހިތްވަރަކަށް، އަޒުމަކަށް އެއްވެސް ބަދަލެއް ނާދޭ
ސިނާނަކީ ކުރިން ރައީސް ޔާމީންގެ ދެކަނބަލުންގެ ވަރަށް އަރިސް ބޭފުޅެއް

ރައްޔިތުންގެ މަޖިލީހުގެ މައްޗަށްގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު ޖަލުގައި ހައްޔަރު ކޮށްފައި ނުންނަވާތާ ހަ މަސް ދުވަސް ވެއްޖެ ކަމަށާއި، ދާއިރާގެ ހުރިހާ އެންމެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަށް ވޯޓު ދެއްވުމަށް އޭނާ ގޮވާލައްވައިފި އެވެ.

ސިނާނުގެ ކުރައްވާފައިވާ ޓްވީޓެއްގައިވާ ގޮތުން މިއަދު ޖަލުގައި ހުންނަތާ ހަ މަސްވީ ދުވަސް ކަމަށެވެ. މިއަނިޔާވެރިކަމާ ދެކޮޅަށް 600 އަހަރު ވަންދެން ޖަލުގައި ހުންނަން ޖެހުނަސް އަޒުމަކަށް އަދި ހިތްވަރަކަށް ބަދަލެއް ނާންނާނެ ކަމަށާއި އަނިޔާވެރިކަމާއި ބޭއިންސާފުގެ ކުރިމަތީ ދުވަހަކުވެސް ކަނދުރާ ތިރި ނުކުރާނެ ކަމަށް ވެސް ސިނާނުގެ ޓްވީޓް އެކައުންޓުން ކޮށްފައިވާ އެ ޓްވީޓްގައި ވެއެވެ.

މީގެ އިތުރުން ކޮށްފައިވާ އެހެން ޓްވީޓެއްގައި ވަނީ ސިނާނު ނިސްބަތްވާ މައްޗަންގޮޅި ދެކުނު ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ކިބައިން އާދޭހާއެކު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫ އާއި ރަނިންގމޭޓް ފައިސަލް ނަސީމަށް މިއަަހަރު ސެޕްޓެމްބަރު މަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.  އަދި ވަރަށް އަވަހަށް ތިޔަ ލޮބުވެތި ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ސިނާނުގެ ޓްވީޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓްގައި ވެއެވެ.

ސިނާނުގެ ޓްވީޓާ އެކައުންޓުން އެ ޓްވީޓް ކުރައްވާފައި ވަނީ ސިނާނާ ހަވާލާ ދެއްވާ، ސިނާނުގެ އާއިލާއިން ކަމަށް ވެއެވެ. ސިނާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ. 

ސިނާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ސޮއިކުރެއްވި ޕީޕީއެމް މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރެވެ. ނަމަވެސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެންމަތިވުމާ އެކު ސިނާނު ވަނީ ޕީޕީއެމުން ވަކިވެވަޑައިގަންނަވާފައެވެ. 

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަަލަ ފެންމަތުވުމުގެ ކުރިން ސިނާނަކީ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީގެ ވަރަށް އަރިސް ބޭފުޅެކެވެ. ޕީޕީއެމުން ވަކިވުމާ ހަމައަށް ސިނާނަކީ ފާތުމަތު އިބްރާހީމްދީދީ ހިންގަވާ ޞަދަގާތް ފައުންޑޭޝަންގެ ޖެނެރަލް ސެކެޓަރީއެވެ. 

މަސީހާ ދެކޮޅަށް ސޮއި ކުރެއްވުމަށް ފަހު ގިނަ ދުވަސްތަކެއް ވަންދެން ސިނާން ރާއްޖެ އިން ބޭރުގައި ހުންނެވުމަށް ފަހު، ރާއްޖެ ވަޑައިގެންނެވި ތަނުން އެއާރޕޯޓުން ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް އޭނާގެ ބަންދާ މެދު ގޮތެއް ނިއްމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ދޫކޮށްލުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. އެހެން ނަމަވެސް އަނެއްކާ ވެސް ފަހުން ފުލުހުން ވަނީ ސިނާނު ހައްޔަރު ކޮށްފައެވެ. ސިނާނާ އެކު ދަނގެތި ދާއިރާގެ މެމްބަރު އިލްހާމު އަހުމަދު ވެސް ހައްޔަރުކޮށްފައިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
8 އޯގަސްޓް 2018 | ބުދަ 07:35
ހ މ ޒ
އިތުރު ދައުރެއް ރައީސް އަށް ދީގެން ނޫނީ ގައުމު ސަލާމަތް ނުކުރެވޭނެ!