ކ. މާލެ
|
7 އޯގަސްޓް 2018 | އަންގާރަ 23:48
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގެ ތެރެއިން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގެ ތެރެއިން
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ހަރުދަނާ ފަނޑިޔާރުގެތަކެއް ނެތި ޑިމޮކްރަސީއެއް ނޯންނާނެ، އަޅުގަނޑުގެ ސަރުކާރެއްގައި ފަނޑިޔާރުންނަށް ނުފޫޒެއް ނުފޯރުވާނަން: އިބޫ
ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ބޭނުންވަނީ އަދުލު އިންސާފު ޤާއިމްވެފައި އޮތުމަށް
އެންމެ އިސްކަމެއްދޭނީ ފަނޑިޔާރުގެތަށް މިނިވަންކޮށް، އިންސާފު ޤާއިމްކުރުމަށް

ހަރުދަނާ ފަނޑިޔާރުގެތަކެއް ނެތި ޑިމޮކްރަސީއެއް ނޯންނާނެ ކަމަށާއި، އެމަނިކުފާނުގެ ސަރުކާރެއްގައި ފަނޑިޔާރުގެތަކަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނާނެކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވައުދުވެވަޑައިގެންފި އެވެ. 

ގުޅިފައިވާ ޕާޓީތަކުން ލ. ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ބޭނުންވަނީ އަދުލު އިންސާފު ޤާއިމްވެފައި އޮތުމަށް ކަމަށެވެ. އެކަން ރައްޔިތުންނާއި ވާހަކަދައްކާލުމުން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި، އެހެންކަމުން ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި އެންމެ އިސްކަމެއްދޭނީ ފަނޑިޔާރުގެތައް މިނިވަންކޮށް، އިންސާފު ޤާއިމްކުރުމަށް ކަމަށް އިބޫ ވިދާޅުވި އެވެ. 

ރާއްޖޭގެ ފަނޑިޔާރު ގެތަކީ އިންސާފު ޤާއިމްކޮށްދޭ ތަންތަންކަމަށް ރައްޔިތުން ގަބޫލުނުކުރާކަން ފާހަގަކޮށް ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ، ހަނރުދަނާ ފަނޑިޔާރު ގެޔެއް ނެތްކަމުގައިވާނަމަ ޑިމޮކްރަސީ ނޯންނާނެ ކަމަށެވެ. އަދި ބޭއިންސާފުން ޝަރީއަތްކޮށް އެތަށް ބަޔަކު ޖަލަށްލާފައިވާ ކަމަށާއި، މައްސަލަ ޝަރީއަތަށް ދިއުމާއެކު އެންމެ ފުރަތަމަވެސް ވަކީލަކު އައްޔަނުކުރުމުގެ ބަދަލުގައި ބަލަންޖެހެނީ މައްސަލަ ބައްލަވަނީ ކޮން ފަނޑިޔާރެއްތޯކަން ކަމަށް އިބޫ ވިދާޅުވި އެވެ. ނަމަވެސް އިބޫ ވިދާޅުވީ ފަނޑިޔާރު ގެތަކުގައިވެސް އިންސާފަށް ލޯބިކުރާ ފަނޑިޔާރުވެސް ތިއްބެވި ކަމަށެވެ. 

އިބޫ ވިދާޅުވީ ފަނޑިޔާރު ގެތަކަށް ސަރުކާރުން ނުފޫޒް ފޯރުވާފައިވާ މިންވަރަކީ އެއްވެސް ރައްޔިތަކު ސުވާލު އުފައްދާނެ ކަމެއް ނޫން ކަމަށެވެ. 

"ޔަޤީންކަމާއެކު އަޅުގަނޑުމެން މި ދަންނަވަނީ އަޅުގަނޑުމެންގެ ވެރިކަމެއްގައި ފަނޑިޔާރު ގެތަކަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް."

ފަނޑިޔާރުގެ އިސްލާހްކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން އެކުލެވިގެންވާގޮތް ބަދަލުކުރަންޖެހޭކަން ފާހަގަކޮށް، އިބޫ ވިދާޅުވީ ޖޭއެސްސީގައި ތިއްބަވާ މެމްބަރުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބޭ ބަޔަކަށް ހައްދަވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ޖޭއެސްސީގެ މުއްދަތަކީ 3 އަހަރު ދުވަސްކަމުގައި ހައްދަވާނެކަމަށްވެސް އިބޫ ވައުދުވެވަޑައިގެންނެވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
8 އޯގަސްޓް 2018 | ބުދަ 07:34
ހ މ ޒ
އިތުރު ދައުރެއް ރައީސް އަށް ދީގެން ނޫނީ ގައުމު ސަލާމަތް ނުކުރެވޭނެ!