ކ. މާލެ
|
7 އޯގަސްޓް 2018 | އަންގާރަ 21:10
އަމީތު ފުލުހުުންގެ ބެލުމުގެ ދަށަށް ގެންދަނީ
އަމީތު ފުލުހުުންގެ ބެލުމުގެ ދަށަށް ގެންދަނީ
ޓްވިޓަރ
އަމީތު އާއި އަބުޅޯ
ރައީސްގެ ދަތުރުފުޅު ނިމުމާ އެކު އަބުޅޯ އާއި އަމީތު ދޫކޮށްލައިފި
ފުލުހުންގެ ބެލުމުގެ ދަށަށް އެ ދެބޭފުޅުން ގެންދިޔައީ އަންގާރަދުވަހުގެ މެންދުރު ފަހު

ރައީސް އަބުދުﷲ ޔާމީން ގދ. އަތޮޅަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް އެ އަތޮޅު ގައްދޫ އިން ހައްޔަރުކުރި މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ އަހުމަދާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ދޫކޮށްލައިފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އެ ދެ ބޭފުޅުން ގެންދިޔައީ އަންގާރަދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. އޭރު ރައީސް ޔާމީން ހުންނެވީ އެ އަަތޮޅަށް ވަޑައިގެންނެވެ. 

އެ ދެ ބޭފުޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގައްދޫގައި ޑޯޓުޑޯ ހަރަކާތެއްގައި އުޅުއްވަނިކޮށެވެ. ނަމަވެސް އެ ބޭފުޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެއެވެ. އެ ދެ ބޭފުޅުން ދޫކޮށްލީ ރައީސް ޔާމީން އެ ރަށުން ފުރާވަޑައިގަތުމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް