ކ. މާލެ
|
7 އޯގަސްޓް 2018 | އަންގާރަ 15:24
އަހުމަދު އަދީބު ޖަލަށް ގެންދަނީ
އަހުމަދު އަދީބު ޖަލަށް ގެންދަނީ
މުހައްމަދު ޝަރުހާން
އަހުމަދު އަދީބު
ރިލްވާނާއި އަފްރާޝީމް އަދި ޔާމިން ރަޝީދުގެ ޝަރީއަތް ދަރުބާރުގެ ފަދަ ތަނެއްގައި ބޭއްވުމަށް އަދީބު ގޮވާލައްވައިފި
އެޝަރީއަތް އެންމެނަށް ހުޅުވާލައިގެން ބާއްވަން ޖެހޭ.
ހުޅުވާލެވިފައިވާ ތަހުގީގެއް ކުރަން ޖެހޭ.
މަރުގެ އެތައް މައްސަލަތަކުގައި އިންސާފް ހޯދައިދިނުމުގައި މިސަރުކާރު ވަނީ ފެއިލްވެފައި

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމް ޢަލީއާއި، ލިޔުންތެރިޔާ ޔާމިން ރަޝީދު އަދި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ޝަރީއަތް ދެން އަންނަ ސަރުކާރަކުން ދަރުބާރުގެފަދަ ތަނެއްގައި ހުޅުވާލައިގެން ބޭއްވުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޮވާލައްވައިފިއެވެ.

މިވަގުތު ޖަލުގައި ހައްޔަރުކޮށްފައިހުރި އަދީބު މިހެން ގޮވާލެއްވީ ރިލްވާން ގެއްލިފައިވީތާ 4 އަހަރު ވުމާއި އަދި ރިލްވާންގެ ޝަރީޢަތް ރިލްވާން އަށާއި ރިލްވާންގެ ޢާއިލާއަށް އިންސާފް ނުލިބި ނިމިފައިވާތީ ލޯޔަރުން މެދުވެރިކޮށް ނެރުއްވި ބަޔާނެއްގައެވެ.

އެބަޔާނުގައި އަދީބު ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި ދެން އުފެދޭ ސަރުކާރެއްގައި، ރިލްވާން ގެއްލުވާލި މައްސަލައާއި ޑރ އަފްރާޝީމް ޢަލީ އަދި ޔާމިން ރަޝީދުގެ އިތުރުން އެތައް ބައެއް ގަތުލުކޮށްފައިވާ މަރުގެ މައްސަލަތައް ހުޅުވާލެވިފައިވާ ތަހުގީގަކާއި، އިންސާފްވެރި އަދި ރައްޔިތުންނަށް ވަދެވޭ ގޮތަކަށް ދަރުބާރުގެ ފަދަ ބޮޑު ތަނެއްގައި ބޭއްވުމަށް ގޮވާލައްވާ ކަމަށެވެ.

އަދި އެ ޝަރީޢަތްތައްކޮށް ވީހާވެސް އަވަހަކަށް އެފަރުދުންނާއި އެފަރުދުންގެ ޢާއިލާތަކަށް އިންސާފް ހޯދައިދިނުމަށްވެސް އަދީބު ވަނީ ގޮވާލައްވާފައެވެ.

އަދީބު ވިދާޅުވީ މިސަރުކާރުން ވަނީ ރިލްވާންގެ މައްސަލައާއި އޭގެ އިތުރުން މަރުގެ އެތައް މައްސަލަތަކުގައި އިންސާފް ހޯދައިދިނުމުގައި ފެއިލްވެފައި ކަމުގައެވެ.

މިބަޔާނުގައި އަދީބު ވަނީ ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމަށް ކެބިނެޓް ލެވެލްގައި ކުރި މަސައްކަތް ރައީސް ޔާމީން ހުއްޓުވިކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް
7 އޯގަސްޓް 2018 | އަންގާރަ 18:58
ބަޅާ
ރާއްޖޭގެ ރައީސަކީ 1.ރާއްޖޭގެ ގޭންގް ލީޑަރު، 2.ރާއްޖޭގެ މާފިއާ ލީޑަރު. 3. ރާއްޖޭގެ އެންމެ ބޮޑުވަގު 4. ރާއްޖޭގެ އެއްނަމްބަރު ކްރިމިނަލް 5. ރާއްޖޭގެ ގޭ ކޮމިއުނިޓީ ލީޑަރު