ކ. މާލެ
|
7 އޯގަސްޓް 2018 | އަންގާރަ 13:19
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން
ރައީސް އޮފީސް
ރައީސް އަބްދުﷲ ޔާމީން
ބޮޑެތި ދަރަންޏާއެކު ސަރުކާރު ކުންފުނިތައް ހިންގަނީ އަވަސް ތަރައްގީ ގެންނަން: ރައީސް ޔާމީން
ފެނަކައިން 500 މިލިއަން ރުފިޔާ އެސްޓީއޯއަށް ދައްކަން ޖެހޭ
ހުރިހާ ރަށެއްގައި ފާމަސީތައް ތަރައްގީ ކުރެވުނީ ފައިދާވާ ވިޔަފާރިތައް އެސްޓީއޯ އިން ހިންގާތީ
ދަރަނި ކިތަންމެ ބޮޑުވިޔަސް ރައްޔިތުން ތަކްލީފު ހޯދަން ނުޖެހޭ

ސަރުކާރުގެ ކުންފުނިތަކުގެ ފައިދާވާ ވިޔަފާރިތައް ހުއްޓުވައިފިނަމަ ރައްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އެޅޭނެކަމަށާއި ސަރުކާރު ކުންފުނިތަކުން ބޮޑެތި ދަރަންޏާއި ފައިދާ ނުވާ ވިޔަފާރިތައް ކުރަމުން ގެންދަނީ އަވަސް ސްޕީޑުގައި ތަރައްގީ ގެނައުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ގދ.މަޑަވެލީ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ އެއްކަމަކީ މަސައްކަތް ލަސްވާ ވާހަކަ ކަމަށާއި މަސައްކަތް ލަސްވަނީ ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެން ކުރަމުން ގެންދާ މަޝްރޫއުތައް ބައެއް ފަހަރު ނުފެށި އެތަށް ދުވަހެއް ވެގެންދިއުމުގެ ސަބަބު ކަމަށެވެ. ސަރުކާރު ކުންފުނިތައް ވަރުގަދަ ކުރަން ޖެހުނީ މިސަބަބާ ހުރެ ކަމަށާއި މަސައްކަތްތައް އަވަސް ކުރުމަށްޓަކާއި އެފަދަ ކަންކަން ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

 އިދިކޮޅު ފަރާތްތަކުން ސަރުކާރު ކުންފުނިތައް ނައްތާލާ ވާހަކަ ދެއްކުމަކީ ކަންބޮޑުވާ ވާހަކަތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެމްޓީސީސީގެ ބާރު ކަނޑުވާލައިފިކަމުގައިވާނަމަ ރަށްރަށުގައި ބަނދަރުގެ މަޝްރޫއުތަކެއް ނުހިންގޭނެ. ބިން ވެސް ނުހިއްކޭނެ. އަޅުގަނޑުމެން މަހާޖައްރާފާއެއް ގެނައީ އެސަބަބަށްޓަކައި" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެސްޓީއޯއާ ގުޅޭ ގޮތުންވެސް އެފަދަ ވާހަކަތައް އިދިކޮޅު ފަރާތްތަކުން ދައްކަވަމުންދާއިރު ކުޑަ މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފާމަސީ ތަރައްގީ ކުރެވުނީ އެސްޓީއޯއާއި ހެދި ކަމަށާއި ކަރަންޓްގެ ހިދުމަތްވެސް ރާއްޖޭގެ ރަށްތަކަށް ދެވިގެންދަނީ އެސްޓީއޯއިން ކްރެޑިޓަށް ފެނަކަ ފަދަ ކުންފުނިތަކަށް ތެޔޮ ފޯރުކޮށްދޭތީ ކަމަށެވެ.

"ފާމަސީގެ ވިޔަފާރިއަކީ އޭގެ ޒާތުގައި ފައިދާވާ ވިޔަފާރިއެއް ނޫން. ކާޑުގެ ވިޔަފާރި އަކީ އޭގެ ޒާތުގައި ފައިދާވާ ވިޔަފާރިއެއް ނޫން. ކާޑުވިއްކައިގެން ސަރުކާރުން ފައިދާއެއް ނުހޯދަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކާޑުގެ ބާވަތްތައް ރައްކާކޮށް ގުދަންކޮށްފައި ބެހެއްޓުމަކީ އެހާ އުނދަގޫ ކަމެއް ކަމަށާއި އަމިއްލަ ކުންފުނިތަކުން އެފަދަ ކަންކަމެއް ނުކުރެވޭނެ ކަމަށެވެ. ރައީސް ވިދާޅުވީ، ތެލުގެ އަގު ކޮންޓްރޯލް ކުރެވިގެންދަނީ ސަރުކާރު ކުންފުންޏަކުން ތެޔޮ އެތެރެކުރާތީ ކަމަށާއި އަމިއްލަ ކުންފުނިތަކުން އެފަދަ ވިޔަފާރި ކުރާ ކަމުގައިވާނަމަ އަގު އިންތިހާއަށް މައްޗަށް އަރައިގެން ދާނެކަމަށެވެ.

 "އެސްޓީއޯ ކަންފަތި ވެގެން ގޮސްފި ކަމުގައިވާނަމަ މިކަން ވެގެންދާނެ ގޮތަކީ ކަރަންޓްގެ ހިދުމަތް ގެއްލުމުގައި ދެމުންދާއިރު ރާއްޖޭގެ ހުރިހާ ރަށަކަށްވަނީ ކަރަންޓްގެ ހިދުމަތް ކަށަވަރު ކޮށްދީފައި. މިއަދު ފެނަކަ އެ އޮޕަރޭޓް ކުރާ ގޮތަށް އެ އޮޕަރޭޓް ކުރެވެނީ އެސްޓީއޯ އިން ކްރެޑިޓަށް ތެޔޮ ދޫކުރާތީ. މިހާރުވެސް އެސްޓީއޯއަށް ފެނަކައިން ދައްކަންޖެހޭ އަދަދު ގާތްގަނޑަކަށް 500 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ. އެކަމަކު ރައްޔިތުން މިކަމުގައި އެއްވެސް ތަކްލީފެއް އުފުލަން ނުޖެހޭ." ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެހާބޮޑު ދަރަންޏެއް އޮތް އިރުވެސް ފެނަކަ ކުންފުނި ހިންގަމުންދާ ކަމަށާއި އެސްޓީއޯ ފަދަ ކުންފުނިތަކުން އަސާސީ ކަންކަމަށް ހުސްވެއްޖެ ކަމުގައިވާނަމަ އެސްޓީއޯއަށް ލިބެންޖެހޭ ފައިސާއާއި ނުލާ ހިންގުމުގެ ބާރު ގެއްލިގެންދާނެ ކަމަށެވެ. އަދި އެއީ އެފަދަ ކުންފުނިތަކުގެ ސްޓްރެންތް ނުވަތަ އެންމެ ބޮޑު ބާރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން މިކަން ފާހަގަކުރައްވާފައިވާއިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ އެފަރާތްތަކުގެ ވެރިކަމެއްގައި ސަރުކާރު ކުންފުނިތަކުން ހިންގާ އިލެކްޓްރޯނިކް ވިޔަފާރިތަކާއި އެނޫން ވިޔަފާރިތަކަށް އަމިއްލަ ކުންފުނިތައް ވަނުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ. އަދި އެސްޓީއޯ ފަދަ ކުންފުނިތަކުން ޕްރައިވެޓް ސެކްޓަރ އާއި ވާދަކުރުމުގެ ބަދަލުގައި ކުރިއަށްގެންދާނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް އެކަނި ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފާހަގަކުރައްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް
7 އޯގަސްޓް 2018 | އަންގާރަ 08:47
ރާކަނި
މުޅިން ރަގަޅު ވާހަކައެއްނޫންތާއެވެ. ތަރައްޤީގެންނަށް ކުންފުނިތައް ދަރުވާލުމުގެ ބޭނުމެއްނެތެވެ. ކުންފުނިތައް މަނިކުފާނުދަރުވާލަނީ ޖީބުފުރާލައިގެން ނޫންތޯއެވެ. ނަސަންދުރައިން 120 މިލިއަންރުފިޔާ ދައްކަންޖެހުމުން ރޯޑްކޯޕަރޭޝަން އުވާލެއްވިގޮތަށް އެސްޓީއޯ އުވާނުލޭނެދޮއްތޯ؟ އެއީ ޕަބްލިކް ފުންފުންޏެއް ވިއްޔާ.