ކ. މާލެ
|
7 އޯގަސްޓް 2018 | އަންގާރަ 12:59
ޒަމީރު (ކ) އަދި މައުރޫފު: ޕީޕީއެމް-އެމްޑީއޭ ކޯލިޝަން އެއްބަސްވުން އާ ކުރުމުގެ މަޝްވަރާތަކުގައި ދެ ބޭފުޅުން ބައިވެރިވެވަޑައި ގަންނަވާނެ
ޒަމީރު (ކ) އަދި މައުރޫފު: ޕީޕީއެމް-އެމްޑީއޭ ކޯލިޝަން އެއްބަސްވުން އާ ކުރުމުގެ މަޝްވަރާތަކުގައި ދެ ބޭފުޅުން ބައިވެރިވެވަޑައި ގަންނަވާނެ
ރާއްޖެ އެމްވީ
ޕީޕީއެމް-އެމްޑީއޭ ކޯލިޝަން
ޕީޕީއެމް-އެމްޑީއޭ އެއްބަސްވުން އާ ކުރުމުގެ މަޝްވަރާތަކަށް ޒަމީރާއި މައުރޫފު ކަނޑައަޅައިފި
ދެ ޕާޓީގެ މެދުގައި އެއްވެސް މައްސަލައެއް ނެތް: އަބްދުއްރަހީމް
ފެންނަންޖެހޭ ހަރަކާތްތަކުން ސިޔާމް ފެންނާނެ: ޒަމީރު
ޕީޕީއެމްގެ ހަރަކާތްތަކުން ސިޔާމް ވަނީ ގެއްލިފައި

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި އެމްޑީއޭ އެއްބަސްވުން އާ ކުރުމާ ގުޅޭ މަޝްވަރާތަކަށް ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް މޫޒާ ޒަމީރާއި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު ކަނޑައައިފިއެވެ.

މ. ސަކީނާ މަންޒިލްގައި ޕީޕީއެމުން ހުޅުވާފައިވާ ކެމްޕެއިން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމް-އެމްޑީއޭ އެއްބަސްވުން އާ ކުރުމާ ގުޅޭ މަޝްވަރާތަކަށް ޒަމީރާއި މައުރޫފު ކަނޑައެޅުމަށްފަހު، ހޯމަ ދުވަހު އެކަމާ ގުޅޭ ފުރަތަމަ ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމަށްފަހު ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ އެ މަޝްވަރާތައް ކުރިއަށްދާ މިންވަރު ހިއްސާ ކުރަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީޕީއެމާއި އެމްޑީއޭ ކޯލިޝަންގެ މެދުގައި އޮތް އެއްބަސްވުން މިއަހަރުގެ ރިޔާސީ އިންތިހާބުގެ ނިޔަލަށް ދެމި އޮންނާނެ ކަމަށާއި ދެ ޕާޓީން މެދުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ޕީޕީއެމްގެ ރިޔާސީ ކެމްޕެއިން ހަރަކާތްތަކުން ނުފެންނަނީ ކީއްވެގެންތޯ ސުވާލު ކުރުމުން، އެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ސިޔާމަކީ ޕީޕީއެމްގެ ހަރަކާތްތަކުން އެހާ ގިނައިން ފެނިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ. ސިޔާމް ބައިވެރިވެވަޑައިގަންނަވަން ޖެހޭ ހަރަކާތްތަކުން ސިޔާމް ފެންނާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޕީޕީއެމާއި އެމްޑީއޭއާ ދެމެދު އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ޕީޕީއެމުން ބުނެފައި ވަނީ އެމްޑީއޭގެ ލީޑަރުކަން ވެސް ކުރައްވާ މީދޫ ދާއިރާގެ މެމްބަރު ސިޔާމް އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރަން އުޅޭ ކަމަށް ބުނެ، އަޑު ފެތުރިފައިވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް