ކ. މާލެ
|
7 އޯގަސްޓް 2018 | އަންގާރަ 13:37
ރައީސް ޔާމީން
ރައީސް ޔާމީން
ގޫގުލް
ރައީސް ޔާމީން 2018
ރިލްވާން ވަނީ ނިޔާވެފައި، ޝައްކެއް ވެސް ނެތް: ރައީސް ޔާމީން
އަދީބު ދެއްކެވި ވާހަކަފުޅުތަކަށް ރައީސް ރައްދު ދެއްވި
ރިލްވާން ގެއްލުވާލާފައިވާތާ މާދަމާއަށް 4 އަހަރު ފުރޭނެ

ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ މަރުވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރިލްވާން ހޯދަން ވަޒީރުންގެ މަޖިލީހުގެ ފެންވަރުގައި ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓުވާލީ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ވިދާޅުވުމާ ގުޅިގެން އެއަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ ރިލްވާން މަރުވެފައިވާ ކަމަށް ޝައްކު ނުކުރައްވާކަމަށެވެ. 

ވީނުވީއެއް ނޭނގި ރިލްވާން ގެއްލިފައިވާތާ ހަތަރު އަހަރު ފުރޭއިރު، އާއިލާ އިން އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އޭނާ މަރުވެފައިވާ ކަމަށް ރައީސް ޔާމީން ހާމަކުރެއްވީ ގދ. މަޑަވެލީގައި އެރަ ށު ރައްޔިތުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ.

"އަޅުގަނޑު ދެކެފިން އިނގޭތޯ ނޫހަކުން އަޅުގަނޑުގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވި ވާހަކައެއް. މިނިވަން ނޫހުގެ ނޫސްވެރިއަކަށް އުޅޭ ރިލުވާނު. މިހާރު ވަނީ ނިޔާވެފައި. ޝައްކެއްވެސް ނެތް. ވަރަށް ހިތާމަވެރި ކަމެއް. އޭނަގެ މަރުގެ މައްސަލަ ކެބިނެޓުގެ ފެންވަރުގައި ތިމަންނަމެން އެކަން ހޯދުމަށް މަސައްކަތް ކުރަން އުޅެނިކޮށް ރައީސް ޔާމީން އެ ހުއްޓުވާލީއޭ. މިތިބީ ކެބިނެޓުގައި ތިބި ވަޒީރުން އޭރު ވެސް. އަޅުގަނޑުގެ ވާހަކައަކީ މިކަހަލަ ބޮޑު ބުހުތާން ދޮގު ބޮޑެތި ހުކުމް އައިސް ތިބި މުޖުރިމުން އެ ވާހަކަތައް ދެއްކީމަ އެވާހަކަތައް ނޫސްތަކުގައި ކެރީ ކުރީމަ އަޅުގަނޑު ހިތާމަކުރަން," ރައީސް ޔާމީން ވިދާޅުވިއެވެ.

ތަކުރާރުކޮށް ރައީސް ޔާމީން ވިދާޅުވީ ރިލްވާންގެ މައްސަލަ ކެބިނެޓުން ބަލާފައި ނުވާނެ ކަމަށެވެ. ރައީސް ޔާމިން ވިދާޅުވީ ކެބިނެޓު ފެންވަރުގައި ނަގައިގެން ކުރި މަސައްކަތަކީ އެމަނިކުފާނުގެ ލޯންޗު ގޮއްވާލި ހާދިސާ ކަމަށާއި އެ ލޯންޗު ގޮއްވާލަން އަދީބު މަސައްކަތް ކުރި ސަބަބު އޭނާ ވިދާޅުވާން ޖެހޭ ކަމަށެވެ.

މީހުންގެ މަރުގެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަންކަމަށް ފުލުހުން ޖަވާބުދާރީ ވެސް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި އުޅެނީ މީހަކު މަރުވެގެން ކަމަށާއި އެއީ ދައުލަތަށް ބޮޑުވާނެ ކަމެއް ކަމަށެވެ.

"މީހަކު މަރުވެގެން މި އުޅެނީ. މިއީ ދައުލަތައް ބޮޑުވާނެ ކަމެއް. މި ވާހަކަ މި ދެއްކި މީހާ މިބުނަނީ ކެބިނެޓުގެ ފެންވަރުގައި އެ މަސައްކަތް ކުރީމޭ. ނޫން. ކެބިނެޓުގެ ފެންވަރުގައި ނޫން މި މަސައްކަތް ކުރަނީ. ފުލުހުން ތަހުގީގު ކުރާ މައްސަލައެއް މީ. އަފްރާޝީމްގެ މަރުގެ މައްސަލަ ބެލެން ޖެހޭ. ރިލުވާނުގެ މަރުގެ މައްސަލަ ބެލެން ޖެހޭ. ކިހިނެތްތޯ ކެބިނެޓުގެ ފެންވަރުގައި މިކަން ކުރާނީ. ކެބިނެޓުގެ ފެންވަރުގައި މިކަމެއް ނުކުރެވޭނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރިލުވާން ވީނުވީއެއް ނޭނގި ގެއްލުނު މައްސަލަ އާއި ގުޅޭ ގޮތުން އަދީބުގެ އަތެއް ވާނެ ކަމަށް ތުހުމަތުތައް ކޮށްފައިވާއިރު ވަކީލުން މެދުވެރި ކުރައްވައި ނެރުއްވި ބަޔާނެއްގައި އަދީބު ވިދާޅުވީ، ރިލުވާން ގެއްލުވާލުމާ އޭނާ އާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

ރިލުވާން ގެއްލުވާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު އަދީބު ވަނީ އިމިގްރޭޝަނާ ހަވާލުވުމަށްފަހު ރާއްޖެއިން ބޭރަށް ފުރުވާލި ކަމަށް ދެކެވޭ ވާހަކަތައް ވެސް ދޮގު ކުރައްވާފައެވެ. ރިލުވާން ގެއްލުނު އިރު އަދީބު ހުންނެވީ ޓޫރިޒަމް މިނިސްޓަރަކަށެވެ.

ހުޅުމާލޭގައި ދިރިއުޅެމުންދިޔަ ރިލްވާން 2014 ވަނަ އަހަރުގެ އޮގަސްޓް 8 ވަނަ ދުވަހުގެ ރޭ ގަދަކަމުން ކާރަކަށް ލައިގެން ގެންގޮސް ފޮރުވި ކަމަށް ބުނެ ދައުލަތުން ދައުވާ ކޮށްފައި ވަނީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ނަމަވެސް އެ ދައުވާ އެ ދެ މީހުންގެ މައްޗަށް ސާބިތެއް ނުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
7 އޯގަސްޓް 2018 | އަންގާރަ 15:34
އައިމިނާ
މީނާގެ މޫނަށް އެރިކުލަޔާއި މީނާގެ އަތުގެ ހަރަކާތާއި މީނާގެ ވާހަކަދެއްކުމަށްއައި ބަދަލާއި މީނާޔަށް ވީގޮތް ބައްލަވާފަ ޕްރޮފެސަރ އުގައިލު ކޮންމެވެސް އެއްޗެއް ވިދާޅުވެ ދެއްވުންއެދެން ދައްތަޔަކަށް ނޭގޭ ފަރަންޖީބަހުން އުގެއިލު ކުރި ދިރާސާގެ ނަންކިޔާކަށް ކޮންމެވެސް ފޭސްކޮންމެވެސްއެއްޗެއް ދެއްތޮ
7 އޯގަސްޓް 2018 | އަންގާރަ 09:43
Abdulla ilyas
ބުޅާ ގޯނިން ބޭރުވަނީ މިޔޮއްގެން
7 އޯގަސްޓް 2018 | އަންގާރަ 08:18
އަސްލުތަ؟
ޤަޢުމުގެ އެންމެން މިކިޔަނީ ގެއްލުނީއޭ މީނަ މިބުނަނީ ޔަޤީނުންވެސް މަރުވެއްޖެޔޭ!!! މީގެ މާނަ ނަގާނީ ކިހިނެއް؟