ކ. މާލެ
|
7 އޯގަސްޓް 2018 | އަންގާރަ 10:51
ގާނޫނީ ވަކީލު ހުސްނުއް ސުއޫދު. ސުޕްރީމް ކޯޓަށް ހުށައެޅުއްވީ އެ ދުވަހު ވަޒީފާ އަދާކުރާ މީހުންނަށް އުނދަގޫވާނެތީކަމަށް ވިދާޅުވި
ގާނޫނީ ވަކީލު ހުސްނުއް ސުއޫދު. ސުޕްރީމް ކޯޓަށް ހުށައެޅުއްވީ އެ ދުވަހު ވަޒީފާ އަދާކުރާ މީހުންނަށް އުނދަގޫވާނެތީކަމަށް ވިދާޅުވި
ޓްވިޓަރ
ރިޔާސީ އިންތިޚާބު 2018
ރިޔާސީ އިންތިޚާބު ބާއްވާ ދުވަސް ބަންދު ކުރަން ސުއޫދު ކޯޓަށް
ސުޕްރީމް ކޯޓަށް ހުށައެޅުއްވީ އެ ދުވަހު ވަޒީފާ އަދާކުރާ މީހުންނަށް އުނދަގޫވާނެތީ
ކޮންމެ މީހަކަށް ވެސް ވޯޓުލުމުގެ ހައްޤު ފުރިހަމައަށް އަދާކުރުމުގެ ފުރުސަތު ލިބެންވާނެ
ކޯޓަށް މައްސަލަ ޙުށައެޅުއްވީ ވޯޓު ލުމުގެ ހައްޤަށް ހުރަސް އެޅިދާނެތީ

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އަންނަ ސެޕްޓެމަބަރު 23 ގައި ބާއްވަން ނިންމާފައިވާ އިރު، އެ ދުވަސް ބަންދުކުރުމަށް މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ސުޕްރީމް ކޯޓަށް ހުށައަޅުއްވައިފިއެވެ.

ހުސްނުއްސުއޫދު ވިދާޅުވީ ރިޔާސީ އިންތިޚާބު ބާއްވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްކަމުގައި ކަނޑަ އަޅުއްވައި ދެއްވުމަށް ސުޕްރީމް ކޯޓަށް ހުށައަޅުއްވާފައިވާ ކަމަށެވެ.

ސުއޫދު ވިދާޅުވެފައިވަނީ ވޯޓުލާ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށައެޅުއްވީ އެ ދުވަހު ވަޒީފާ އަދާކުރާ މީހުންނަށް އުނދަގޫވާނެތީ ކަމަށާއި ކޮންމެ މީހަކަށް ވެސް ވޯޓުލުމުގެ ހައްޤު ފުރިހަމައަށް އަދާކުރުމުގެ ފުރުސަތު ލިބެންވާނެތީ ކަމަށެވެ.  އަދި ޤާނޫނު އަސާސީގައި ވެސް ކޮންމެ މީހަކަށް ވޯޓުލުމުގެ ހައްޤު ފުރިހަމައަށް ލިބެން ޖެހޭނެކަން ބަޔާންކޮށްފައިވާ ކަމަށާއި އެ ހައްޤަށް ހުރަސް އެޅިދާނެތީ މައްސަލަ ކޯޓަށް ހުށައެޅުއްވީ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖޭގައި ބޭއްވި ރަސްމީ އިންތިޚާބުތަކުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ބަންދު ދުވަސްތަކުގަ އެވެ. އެކަމަކު މި އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވަން ނިންމާފައިވާ ތާރީޚު ދިމާވަނީ ރަސްމީ ބަންދު ނޫން އާދީއްތަ ދުވަހަކާ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، އިންތިޚާބު ބާއްވާ ދުވަސް ބަންދުކުރަން ރައީސް އޮފީހުގައި އެދިފައިވާ ކަމަށާއި އެ ދުވަސް ބަންދުކުރާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށެވެ. 

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކަންތައްތަކާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާތައް ވަނީ ގިނަވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް