ކ. މާލެ
|
7 އޯގަސްޓް 2018 | އަންގާރަ 12:52
މެލޭޝިއާއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅަށްފަހު، މީޑިއާތަކަށް މައުލުމާތު ދެއްވަނީ
މެލޭޝިއާއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅަށްފަހު، މީޑިއާތަކަށް މައުލުމާތު ދެއްވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ބަރަހަނާ ވެބްސައިޓުތައް ބްލޮކް ކުރާނަންތޯ ސުވާލު ކުރުމުން، ޝަހީމް ޖަވާބެއް ނުދެއްވި!
ޝަހީމް ވިދާލުވީ މެލޭޝިއާ ދަތުރާ ގުޅޭ ސުވާލުތައް ކުރުމަށް
އެކަމަކު ދަތުރާ ނުގުޅޭ އެހެން ސުވާލުތަކަށް ޖަވާބު ދެއްވި
ސަރުކާރުން އަދިވެސް ބަރަހަނާ ވެބްސައިޓުތައް ބްލޮކެއް ނުކުރޭ

ބަރަހަނާ ވެބްސައިޓުތަކަށް ރާއްޖެއިން ނުވަދެވޭ ގޮތަށް ބްލޮކް ކުރާނަންތޯ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ސުވާލު ކުރުމުން، އޭނާ އެ ސުވާލަށް ޖަވާބު ދެއްވަން ފަސްޖެހިވަޑައިގެންފިއެވެ.

މެލޭޝިއާއަށް ކުރެއްވި ޕީޕީއެމް ކެމްޕެއިން ދަތުރުފުޅަށްފަހު އެނބުރި މާލެ ވަޑައިގެންނެވުމުން، "ރާއްޖެއެމްވީ"ން އެ ސުވާލު ޝަހީމާ ކުރެއްވުމުން އޭނާ ވިދާޅުވީ މެލޭޝިއާއަށް ކުރެއްވި ދަތުރާ ގުޅޭ ގޮތުން ސުވާލު ކުރުމެވެ.

ނަމަވެސް ދަތުރާ ނުގުޅޭ ބައެއް އެހެން ސުވާލުތައް "ރާއްޖެއެމްވީ" ކުރުމުން ޝަހީމް ވަނީ ޖަވާބު ދެއްވާފައެވެ. އެގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ކެންޑިޑޭސީ ހުށަހެޅުއްވުން ލަސްވެގެންދަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ޝަހީމް ވިދާޅުވީ ކަނޑައެޅިފައިވާ ދުވަހަށް އެކަން ޕާޓީން ކުރާނެ ކަމަށެވެ.

ޝަހީމް އެގޮތަށް ވިދާޅުވެފައި ވަނީ، އިސްލާމް ދީން ސިޔާސީ ހަތިޔާރަކަށް ނަގައިގެން މަސައްކަތް ކުރާ ޕީޕީއެމްގެ ސަރުކާރުން ބަރަހަނާ ވެބްސައިޓުތައް ރާއްޖެއިން ނުވެދެވޭ ގޮތަށް ބްލޮކްކޮށްފައި ނުވާތީ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމުގައި މުހުތާޒު މުހުސިން ހުންނެވިއިރު، ބަރަހަނާ ވެބްސައިޓުތައް ރާއްޖެއިން ބްލޮކް ކުރުމަށް މި ސަރުކާރުގެ އިދާރާތަކަށް އެންގުމުން އެކަމަށް ސަރުކާރުން އަމަލުކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް
7 އޯގަސްޓް 2018 | އަންގާރަ 14:55
Mameema
MDP ge 3 aharuge verikamugaves barahanaa site thakah vadhevey. Raajjeyge furathama Islamic Ministry eh ufehthi lagabu MDP ah oiy iru keevve barahanaa site block nukuree? Dheenaa dhekolhu.....m
7 އޯގަސްޓް 2018 | އަންގާރަ 08:19
މހ
ޕޯނު ސައިޓު ބުލޮކު ކުރަނީ ދިރާގުންނޭ. ޝަހީމް ބުނެގެއް ނޫނޭ ހުއްދަކުރަނީ
7 އޯގަސްޓް 2018 | އަންގާރަ 08:18
ތުއްތުނާ
ތި ސުވާލު ކުރަންޖެހޭނީ ދިރާގު އަދިި އޫޫރިދޫ ކުންފުނީގެ ވެރިންނަށް.........ދެން އަތްޖަހާ.......