ކ. މާލެ
|
6 އޯގަސްޓް 2018 | ހޯމަ 17:31
ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި
ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތި އަތުލައިގަތުން
ރ. މަޑުއްވަރީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
ހައްޔަރު ކުރީ 25 އަހަރުގެ ފިރިހެނެއް
މަސްތުވާތަކެތީގެ ދެ ރަބަރު ޕެކެޓް ވަނީ ފެނިފައި

ފުލުހުން ރ. މަޑުއްވަރީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރީ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އޮގަސްޓް 2 ވަނަ ދުވަހު މެންދުރު ވަގުތުވާން އުޅެނިކޮށް މާލެއިން މަޑުއްވަރިއަށް ދިޔަ ފެރީ ލޯންޗަކުން އެރަށަށް ފޭބިތަނުންނެވެ.

ފުލުހުން ބުނީ މަޑުއްވަރީ ބަނދަރު ސަރަޙައްދުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ދެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާ ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތެއް ވަނީ ކޯޓުން ޖަހައި ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް