ކ. މާލެ
|
6 އޯގަސްޓް 2018 | ހޯމަ 13:24
މަޖިލިސް ކޮމިޓީއެއް ކުރިއަށް ދަނީ: ޑިފެންސް މިނިސްޓަރ ގެ މައްސަލަ ވަނީ ސަލާމަތީ ޚިދުމަތްތަކުގެ ކޮމެޓީއަށް ހުށަހަޅާފައި
މަޖިލިސް ކޮމިޓީއެއް ކުރިއަށް ދަނީ: ޑިފެންސް މިނިސްޓަރ ގެ މައްސަލަ ވަނީ ސަލާމަތީ ޚިދުމަތްތަކުގެ ކޮމެޓީއަށް ހުށަހަޅާފައި
ރާއްޖެއެމްވީ
ޑިފެންސް މިނިސްޓަރުގެ މައްސަލަ
ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީއަށް ޑިފެންސް މިނިސްޓަރ ހާޒިރުކޮށްދިނުމަށް އެދިއްޖެ
މައްސަލަ ހުށަހެޅުއްވީ ގުޅިފައިވާ ޕާޓީތަކުގެ 4 މެމްބަރުން
މިއީ ޤައުމުގެ އަމަން އަމާންކަން ނަގާލުމަށް ބަޔަކު ރާވަމުންދާކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރ ފޭސްބުކްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން ހުށަހެޅުއްވި މައްސަލައެއް
މިއީ ޑިފެންސް މިނިސްޓަރ ޖަވާބުދާރީ ކުރުވުމަށް ހުށަހެޅުއްވި މައްސަލައެއް

ޤައުމުގެ އަމަން އަމާންކަން ނަގާލުމަށް ބަޔަކު ރާވަމުންދާކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެން އެމަނިކުފާނު ޒިންމާދާރު ކުރުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީއަށް ހާޒިރުކޮށް ދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ 4 މެމްބަރަކު އެކޮމެޓީއަށް ހުށަހަޅުއްވައިފިއެވެ.

އެމައްސަލަ ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ މައްޗަންގޯޅީ އުތުރު ދާއިރާގެ މެމްބަރ މާރިޔާ އަހުމަދު ދީދީއާއި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ އާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ އަދި ޢަދާލަތު ޕާޓީއަށް ނިސްބަތްވާ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.  

އެކޮމެޓީގެ މުޤައްރިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މައުރޫފަށް އެޑްރެސް ކުރައްވާ އެމެމްބަރުން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ 04 އޮގަސްޓް 2018 ވަނަ ދުވަހު ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި، "ކުރިއަށް އޮތް ދުވަސްތަކުގައި ޤައުމު ހަލަބޮލިކޮށް، ޤައުމުގެ އަމަން އަމާންކަން ނަގާލުމަށްޓަކައި ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު ލިބެމުންދާކަމަށާއި އަދި އެކަން އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ގާތުން ބަލަމުންދާކަމަށް ޕޯސްޓް ކުރައްވާފައިވާ ކަމަށެވެ.

އެސިޓީގައި ވިދާޅުވެފައިވަނީ  ދިވެހިރާއްޖޭގެ އަމަން އަމާންކަން ނަގާލުމަށްޓަކައި ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު ލިބިވަޑައިގަތުމުން ޑިފެންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކު އެވާހަކަ އެބޭފުޅާގެ ފޭސްބުކް ޕޭޖުގައި  ލިޔުއްވުމަކީ ވަރަށް ޒިންމާދާރުކަންކުޑަ ޢަމަލެއްކަމަށް ދެކޭ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި އުޅޭ އެންމެހާ މީހުންނަށް ސުލްހަވެރިކަމާއި، އަމަން އަމާންކަމާއި، މިނިވަންކަމާއެކު އުޅެވޭނެ މަގު ފަހިކޮށްދެއްވުމަކީ ޑިފެންސް މިނިސްޓަރެއްގެ މައްޗަށް ލާޒިމް ވެފައިވާ ކަމަކަށް ވާހިނދު އަދި ސިފައިންގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ބ) އިން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންވާނެކަމަށް ބަޔާންކޮށްފައިވާހިނދު މިފަދަ ޒިންމާދާރުކަން ކުޑަ ޢަމަލެއް އެމަނިކުފާނު ކުރައްވާފައިވާތީ މަޖިލިސް ޤަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން ސަލާމަތީ ޚިދުމަތް ތަކާބެހޭ ކޮމެޓީއަށް ޑިފެންސް މިނިސްޓަރ ހާޒިރުކޮށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިދެއްވުމަށް އެދޭކަމަށެވެ.

ޑިފެންސް މިނިސްޓަރ މިފަދަ ގޮތަކަށް ފޭސްބުކްގައި ޕޯސްޓް ކުރެއްވުމާއެކު ގިނަބައެއްގެ ފާޑުކިއުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް