ކ. މާލެ
|
6 އޯގަސްޓް 2018 | ހޯމަ 11:28
ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު
ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު
މުހައްމަދު ޝަރުހާން
ހިޔާ އެކޮމްޕްލިޝްޑް
ހިޔާ އެކޮމްޕްލިޝްޑް އަށް މާދަމާ ފޯމު ދޫކުރަނީ
ފޯމު ހުށަހަޅާ ހުރިހާ ފަރާތްތަކަށް ފްލެޓް ނުވަތަ ގޯތި ޔަގީންވާނެ
ފަސް އަހަރުގެ ތެރޭގައި ހުރިހާ ފްލެޓެއް ނިންމާލެވޭނެ
82000 ފްލެޓް އެޅުމަށް ވަނީ ހަމަޖެހިފައި

ހިޔާ އެކޮމްޕްލިޝްޑްގެ ދަށުން އަންގާރަ ދުވަހު ފޯމު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއު އިއުލާނު ކުރިއިރު އެ ޕްރޮޖެކްޓްގެ ދަށުން ފޯމު ބަލައިގަތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 15 ވަނަ ދުވަހުން ފެށިގެންނެވެ. އަދި އޯގަސްޓް 15 ވަނަ ދުވަހުން ފެށިގެން ހަތަރު މަސް ދުވަހަށް ފޯމު ބަލައިގަތުން ކުރިއަށްދާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

އެ ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއުއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދިމާވެފައިވާ ފުރިހަމަ ހައްލު ލިބިދޭނެ މަޝްރޫއުއެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ފްލެޓަށް އެދި ހުށަހަޅާ ފަރާތްތަކަކީ 18 އަހަރުން މަތީގެ މީހެއް ކަމުގައިވުމާއި 1،000 އަކަފޫޓުގެ ބިމެއް ނެތް ކޮންމެ މީހަކަށް ވެސް ފްލެޓް ޔަގީން ވެގެންދާނެ ކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން 1000 އަކަފޫޓުގެ ފްލެޓެއް ނުވަތަ 1000 އަކަފޫޓުގެ ބިމެއް ހޯދުމަށް ހުށަހެޅިދާނެއެވެ.

މި މަޝްރޫއުގެ ދަށުން ގުޅީފަޅު ސަރަހައްދާއި ފުށިދިއްގަރު ފަރުން ބޮޑު ބައެއް ހިއްކައި 82000 ހައުސިންގ ޔުނިޓް ގާއިމް ކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. އެހެން ނަމަވެސް މި މަޝްރޫއުއަށް ދާނެ ހަރަދާއި މަސައްކަތް ފަށާނެ ތާރީހެއްވެސް ހައުސިންގ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް