ކ. މާލެ
|
6 އޯގަސްޓް 2018 | ހޯމަ 11:43
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ރައީސް ޔާމީންގެ ސަރުކާރަށް އިންތިހާބު ފަހެއް ނުކުރެވޭނެ: އިބޫ
އިންތިހާބުގެ ވޯޓު އޮޅުވާލުމަށް ޖާގައެއް ނުދޭނަން
އެންމެ މުހިންމު ކަމެއް ދޭންވީ ވޯޓް ރަޖިސްޓްރޭޝަނަން
އޮމަދޫއިން ވަނީ އިބޫއަށް ހޫނު މަރުޙަބާއެއް ދަންނަވާފަ

ރައީސް ޔާމީންގެ ސަރުކާރަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ފަސް ނުކުރެވޭނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ތ އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ހޯމަ ދުވަހު އެ އަތޮޅު އޮމަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އިންތިހާބު ފަސްނުކުރެވޭނެ ކަމަށެވެ. އެއީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތިބީ އިންތިހާބު ފަސްކުރަން ފުރަސަތު ދޭން ނޫން ކަމަށެވެ.

މި އިންތިހާބުގެ ވޯޓު ރައީސް ޔާމީންގެ ސަރުކާރުން އޮޅުވާލަން މަސައްކަތް ކުރިނަމަވެސް، ގުޅިފައިވާ ޕާޓީތަކުން އެކަން ކުރަމަށް ޖާގަ ނުދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި 23 ސެޕްޓެމްބަރ ގައި ލާ ވޯޓުގެ ނަތީޖާ އިއުލާން ކުރާނީ ވެސް ވޯޓްލާ މަރުކަޒުގައި ކަން އިބޫ ފާހަގަކުރެއްވިއެވެ.

އިބޫ އޮމަދޫ ރައްޔިތުންނާއި ބައްދަލުކުރައްވަނީ

މީގެ އިތުރުން އިބޫ ވިދާޅުވީ ރީރަޖިސްޓްރީ ކުރުމުގެ މަސައްކަތަކީ އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ. އަދި އެކަންމަށް ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދިއުމަށް އިބޫ އެދިވަޑައިގެންނެވެ.

"ފޯމް ފުރާ އެތަނަން ލިއަސް އެކަމެއް ނުވޭ، ރަޖިސްޓްރީ ވެފައި އޮތީ ކޮން ފުއްޓަކަށްތޯ، ރަނގަޅު ރަށަށް ތޯ ބަލަންޖެހޭ، ބައެއް ފަހަރު މިހާތަނަން ޗެކްކުރި އިރުގާ، ތިމާ މީހާ ބޭނުންނުވާ ފޮއްޓަކަށް، މުޅިން އެހެންތަނެކަށް އެބަހުރި ރަޖިސްޓްރީ ކޮށްފަ" އިބޫ ވިދާޅުވިއެވެ.

އިބޫ އޮމަދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަމަދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ފަހު އިބޫ ވަނީ އެރަށުގެ މުހިންމުތަންތަން ބައްލަވާލާފާއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް