ކ. މާލެ
|
6 އޯގަސްޓް 2018 | ހޯމަ 09:15
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް
މުހައްމަދު ޝަރުހާން
ގާސިމް އިބުރާހިމް
ރައީސް މައުމޫން ޖަލުގައި ބެހެއްޓުމަކީ ލަދުވެތި ކަމެއް: ގާސިމް
ރައީސް މައުމޫނު އުމުރުފުޅުން 82 އަހަރުފުޅުގައި ނުހައްގުން ޖަލުގައި
އެމަނިކުފާނަކީ 30 އަހަރު ގައުމަށްށާއި ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވި ބޭފުޅެއް

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އުމުރުފުޅުން 82 އަހަރުފުޅުގައި ނުހައްގުން ޖަލުގައި ބެހެއްޓުމަކީ ލަދުވެތިކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ޖަލުގައި ހައްޔަރުކޮށްފައި ހުންނަވާތާ 180 ދުވަސްވުމާއި ގުޅިގެން ކަންބޮޑުވުންފާޅު ކުރައްވައި ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ރައީސް މައުމޫނަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން 30 އަހަރު ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި، ގައުމާ ރައްޔިތުންނަށް އެތަކެއް ޚިދުމަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. މިފަދަ އެތަކެއް ޚިދުމަތްތަކެއް ކުރެއްވި ބޭފުޅަކު އުމުރުންފުޅުން 82 އަހަރުފުޅުގައި ނުހައްގުން ޖަލު ބަންދުގައި ހުރުމަކީ ލަދުވެތިކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ރައީސް މައުމޫނުގެ ހިތްވަރަށް ޝުކުރު ދަންނަވާ ގާސިމް ވަނީ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

އެކެއް ފެބްރުއަރީގައި ސްޕްރިމް ކޯޓުން ނެރުނު ކޯޓު އަމުރާއި ގުޅިގެން ކުއްލި ހާލަތު އިއުލާނުކޮށް ރައީސް މައުމޫން ހައްޔަރުކުރީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރެއެވެ.

ފުލުހުންގެ ތަހުގީގަށް ފޯނު ދީފައި ނުވާކަމަށްބުނެ ދައުލަތުންކުރި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި އެމަނިކުފާނުގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް