ކ. މާލެ
|
6 އޯގަސްޓް 2018 | ހޯމަ 07:23
އިބޫގެ ރަނިންމޭޓް ފައިސަލް ދިއްގަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ
އިބޫގެ ރަނިންމޭޓް ފައިސަލް ދިއްގަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބް 2018
ފިނި ކޮޓަރީގައި ބޮޑާކަން މަތީ ސަރުކާރު ހިންގަން ނުތިބޭނަން: ފައިސަލް
23 ސެޕްޓެމްބަރުގައި މި އަނިޔާވެރިކަމަށް ނޫނެކޭ ބުނާނެ

ބޮޑާކަން މަތީ ފިނި ކޮޓަރީގައި ތިބެ ސަރުކާރު ހިންގުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށް ކޯލިޝަން ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ރަނިން މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އިބޫ އަށް ތާއިދު ހޯދާދެއްވުމަށް މ. ދިއްގަރުގައި އިދިކޮޅު ކޯލިޝަނުން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި ފައިސަލް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއް ހިންގާނީ ރައްޔިތުންގެ ގާތަށް ގޮސް ކަންކަން އޮޅުންފިލުވައިގެން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރެއްގެ ގޮތުގައި ހުންނެވި އިބޫ ރާއްޖޭގެ ބައެއް ރަށްތަކަށް ވަޑައިގެން މިހާރުވެސް ކެމްޕެއިން ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވީ ގުޅިފައިވާ ސަރުކާރެއް އައުމަށް ފަހު ވެސް ކަންކަން ކުރަމުން ގެންދާނީ ރައްޔިތުންގެ ކިބައިން ހިޔާލާއި މަޝްވަރާ ހޯދައްވައިގެން ކަމަށެވެ.  

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ފުވައްމުލަކަށް އުފަން ފައިސަލް ވިދާޅުވީ ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ނުގެން ގުޅޭނެ ކަމަށެވެ.

ސެޕްޓެމްބަރު 23 ގައި ބާއްވާ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމިނަށް އިތުރު ފުރުސަތެއް ދީފި ނަމަ މި ގައުމުގެ ރައްޔިތުން ބޭރުގެ ފަރާތްތަކުގެ އަޅުވެތިކަމަކަށް ދާނެ ކަމަށާއި ރާއްޖެ އޮތީ އިގުތިސާދީ ގޮތުން ވަކި ގައުމެއްގެ އަޅުވެތިކަމަށްދާ ހިސާބުގައި ކަމަށް ޓޫރިޒަމް ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ފައިސަލް ވިދާޅުވި އެވެ. 

ދިއްގަރަށް ވަޑައިގެން ބައެއް މީހުންނާ ސަލާމް ކުރައްވަނީ

މި ސަރުކާރުން ރައްޔިތުނަށް ދޭ އަނިޔާ ހުއްޓުވަން ޖެހޭ ކަމަށާއި ބިރެއް ނެތި ވަޒީފާ އަދާކުރެވޭނެކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. ނުހައްގުން ވަޒީފާއިން ވަކި ކުރި މީހުނަށް ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ވަޒީފާ އަނބުރާ ހޯދަދޭނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.  

ފައިސަލް ވިދާޅުވީ 23 ސެޕްޓެމްބަރުގައި ރައީސް އަބްދުﷲ ޔާމިންގެ "އަނިޔާވެރިކަމަށް" ރައްޔިތުން ނޫނެކޭ ބުނާނެކަން ޔަގީންވެވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް މައުމޫނު އަބްދުލް ގައްޔޫމް ޖަލުގައި އޮތުމަކީ ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި އިސްލާހީ މަސައްކަތްކުރާ ކޮންމެ މިހަކީ ޖަލު ގޮޅީގައި އޮންނަން ޖެހޭ މީހެއް ކަމަށް މި ސަރުކާރުން ވަނީ ހަދާފައި ކަމަށެވެ. 

 

ފައިސަލް އާއި ކެމްޕެއިން ޓީމް ދިއްގަރުގައި:-ފައިސަލް ވިދާޅުވީ މި ސަރުކާރު ނިމޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް 

ތަކުރާރުކޮށް ދައްކަން ޖެހެނީ މި ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަ ކަމަށާއި މުޅި ރާއްޖެއިން އިވެނީ އެ ވާހަކަ ކަމަށް ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިއަކަށް ގެންނަން އުޅޭ މީހަކީ އަނިޔާވެރިއެއްތޯ ރައްޔިތުން މިއަދު ބަލަން ޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހަކީ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރައްވާ ރައްޔިތުންނަށް ވަރަށް އިހްތިރާމް ކުރައްވާ ބޭފުޅެއް ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
6 އޯގަސްޓް 2018 | ހޯމަ 03:18
ކާފަ ދ
މިބޭ ފިނިކޮޓަރީގަ ކިހާ ދުވަހަކު އިންނާނަމޭ ހިތާތަ މިފުއްޕަނީ. ހުވާކުރާތާ 15 ދުވަސްވާއިރު މިބޭ ސައިޒްކޮށް ރައީސްއޮފީހަށް ނުވަދެވޭވަރު ނުކޮށްފިއްޔާ މަ ނޫޅޭނަން ކަލޭމެންނާއެކުއެއް. 7 ފެބްރުއަރީގައި ބަޤާވާތްކުރިއިރު މިކަލޭގެވެސް ދުވި އުފާފާޅުކުރަމުން.