ކ. މާލެ
|
5 އޯގަސްޓް 2018 | އާދީއްތަ 22:56
ރައީސް ނަޝީދާއި ރައީސް މައުމޫން: ދެބޭފުޅުންވެސް ހުންނެވީ ޖަލު ހުކުމެއްގައި
ރައީސް ނަޝީދާއި ރައީސް މައުމޫން: ދެބޭފުޅުންވެސް ހުންނެވީ ޖަލު ހުކުމެއްގައި
ޓްވިޓަރ
ރައީސް މައުމޫން ޖަލުގައި
ރައީސް މައުމޫން ސަލާމަތްކުރަން ކުރެވެންހުރި ހުރިހާ ކަމެއް ކުރާނަން: ރައީސް ނަޝީދު
ރައީސް މައުމޫން ނުހައްގުން ޖަލުގައި ހައްޔަރުކޮށްފައި ހުންނަވާތާ މިއަދަށް މިވީ 6 މަސް
އެމަނިކުފާނު ޖަލަށްލެއްވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައި

މިވަގުތު ޖަލުގައި ބަންދުކޮށްފައި ހުރި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ސަލާމަތް ކުރެއްވުމަށް ކުރެއްވެންހުރި ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ޖަލުގައި ހުންނަވާތާ 180 ދުވަސްވުމާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން ނުހައްގުން ޖަލުގައި ހައްޔަރުކޮށްފައި ހުންނަވާތާ މިއަދަށް މިވީ 6 މަސް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ "އެމަނިކުފާނު މިނިވަން ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރާނަން" ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހު، ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އެވެ.  ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހު އެމަނިކުފާނު ހައްޔަރުކުރިގޮތަށް އެމަނިކުފާނު ބަހައްޓާފައިވަނީ ޖަލުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
5 އޯގަސްޓް 2018 | އާދީއްތަ 18:36
ttt
Nsasheed aai YAG ge deel ge feshun.
5 އޯގަސްޓް 2018 | އާދީއްތަ 18:31
ހ މ ޒ
މަގުމަތީގައި ދިދަ ދެމީ ސަޕޯޓަރުން، އެއީ ޕީޕީއެމް އިން ކުރިކަމެއް ނޫން!؟