ކ. މާލެ
|
5 އޯގަސްޓް 2018 | އާދީއްތަ 23:00
ވިލާތުގެ އިއްތިޙާދުން ފިޔަވަޅު އަޅަން އުޅުމުން ސަރުކާރުން ބްރަސަލްސްއަށް ލޮބީކުރަން ޝައިނީ ފޮނުވި
ވިލާތުގެ އިއްތިޙާދުން ފިޔަވަޅު އަޅަން އުޅުމުން ސަރުކާރުން ބްރަސަލްސްއަށް ލޮބީކުރަން ޝައިނީ ފޮނުވި
ސޯޝަލް މީޑިއާ
ދަތިކުރުމުގެ ފިޔަވަޅު
އީޔޫ ފިޔަވަޅު އަޅާ ލިސްޓުގެ ބިރު ދައްކައިގެން ފައިސާ ހޯދަން އުޅޭކަމަށް ތުހުމަތުކޮށްފި!
އެކަން ކުރަނީ ކޮން ބައެއްކަން ހާމަކުރައްވާފައެއް ނުވޭ

ވިލާތުގެ އިއްތިޙާދުން ފިޔަވަޅު އަޅާ މީހުންގެ ލިސްޓުގައި ހިމަނާނެކަމުގެ ބިރު ބައެއް ވިޔަފާރިވެރިންނަށް ދައްކައި، ފައިސާ އަތުލުމަށް މަސައްކަތްކުރާކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ތުހުމަތުކުރައްވައިފިއެވެ. 

ނިމިދިޔަ މަހު ވިލާތުގެ އިއްތިޙާދުން ވަނީ ރާއްޖޭގައި އިންސާނީ ހައްޤުތަކައި އަރައިގަނެ، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސް އަޅާ ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ އޮނިގަނޑު ފާސްކޮށްފައެވެ. އެފިޔަވަޅުތައް އަޅާނެ ފަރާތްތަކުގެ ނަންތައް އެއޮނިގަނޑުގެ އެނެކްސްއަށް އިތުރުކުރެވުމުން، އެމީހަކާއި ދެކޮޅަށް ފިޔަވަޅު އެޅޭނެއެވެ. އެހެންނަމަވެސް އެނެކްސްގައި އަދި އެއްވެސް ނަމެއް ހިމަނާފައި ނުވާއިރު، ކަންކަން އިސްލާހު ނުކޮށްފިނަމަ އެލިސްޓުގައި ނަންތައް ހިމަނާނެކަމުގެ އިންޒާރު ވިލާތުގެ އިއްތިޙާދާއި، އެއިއްތިޙާދުގެ މެމްބަރު ޤައުމުތަކުން ރާއްޖެއަށާއި، ދިވެހި ސަރުކާރަށް ވަނީ ދީފައެވެ. 

ވިލާތުގެ އިއްތިޙާދުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓުގައި ނަން ހިމަނާނެކަމުގެ ބިރު ދައްކައިގެން ވިޔަފާރިވެރިން އަތުން ފައިސާ ހޯދަން މަސައްކަތްކުރަނީ ކޮން ބައެއްކަން މިނިސްޓަރ ޝައިނީގެ ތުހުމަތުގެ ޓުވީޓުގައި ވިދާޅުވެފައެއް ނުވެއެވެ. މިނިސްޓަރ ވިދާޅުވީ އެފަދަ މީހުން ވިލާތުގެ އިއްތިޙާދުން އާއްމުކުރި އޮނިގަނޑު ބަލާލުމަށެވެ. 

ޝައިނީ މިފަދައިން ތުހުމަތުކުރައްވާފައިވާއިރު، އީޔޫގެ އޮނިގަނޑުގެ އެނެކްސްގައި ސަރުކާރަށް ތާޢީދުކުރާ ބައެއް ވިޔަފާރިވެރިން ހިމަނާނެކަމުގެ ބިރު އެބައޮތްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ވިޔަފާރިވެރިންނަށް ފިޔަވަޅު އަޅައިފިނަމަ ދިވެހިރާއްޖޭގެ އިޤްތިޞާދަށް އަސަރުކުރާނެކަމަށް ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ޤާނޫނާއި ޚިލާފް ކަންތައްތަކެއް ބަޔަކުކުރާކަމަށް، އެއީ ކޮންބައެއް ކަން ވިދާޅުނުވެ މިނިސްޓަރ ޝައިނީ ޓްވައިޓަރގައި ތުހުމަތުކުރެއްވިއިރު، ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން ހިނގާފާނެކަމުގެ ބިރު އެބައޮތްކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވަނީ ހޮނިހިރު ދުވަހު ވިދާޅުވެފައެވެ. އަދި އިންތިޚާބު ނުބޭއްވޭފަދަ މާހައުލެއް އޮވެގެން އިންތިޚާބު ފަސްކުރިޔަސް މައްސަލައެއް ނެތްކަމަށް ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ އާދިއްތަ ދުވަހު ވިދާޅުވެފައެވެ. 

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ ނުހިނގާ ކަންތައްތަކެއް ހިނގާކަމަށް ދައްކައި، އިންތިޚާބު ލަސްކުރުމަށް ބަހަނާ ދައްކަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް