ކ. މާލެ
|
5 އޯގަސްޓް 2018 | އާދީއްތަ 19:19
ފައިސަލް މިއަދު ވ.ކެޔޮދޫއަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓުންނާ ސަލާމް ކުރައްވަނީ
ފައިސަލް މިއަދު ވ.ކެޔޮދޫއަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓުންނާ ސަލާމް ކުރައްވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
އިބޫގެ ކެމްޕެއިން ޖަލްސާއެއް މިރޭ ދިއްގަރުގައި
މި ޖަލްސާގައި ކޯލިޝަނުގެ އިސް ބޭފުޅުން ބައިވެރިވަޑައިގަންނަވާ

އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ތާއީދު ހޯދައިދިނުމަށް ދިއްގަރުގައި މިރޭ ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

މި ޖަލްސާ އަކީ އިބޫގެ ރަނިންގމޭޓް ފައިސަލް ނަސީމް ދިއްގަރަށް ވަޑައިގެން ބާއްވާ ފުރަތަމަ ޖަލްސާ އެވެ. މި ޖަލްސާ އޮން އޮންނާނީ މިރޭ 9:00 ގައި ދިއްގަރު އެމްޑީޕީ ޖަގަހައިގައެވެ.

މި ޖަލްސާގައި ފައިސަލް ނަސީމްގެ އިތުރުން ކޯލިޝަނުގައި ހިމެނޭ އެހެން އިސް ބޭފުޅުން ވެސް ވާހަކަ ދައްކަވާނެ އެވެ. މިރޭ ޖަލްސާގައި ވާހަކަ ދައްކަވަން ހަމަޖެހިފައިވާ ބައެއް ބޭފުޅުންނަކީ:

އިބްރާހިމް މުހައްމަދު ސޯލިހް ރަނިންގ މޭޓް ފައިސަލް ނަސީމް

ރައްޔިތުންގެ މަޖިލިހުގެ ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނުގެ ގާނޫނީ ވަކީލް މުހައްމަދު ފައިސަލް

އަދާލަތު ޕާޓީގެ ރަޖިސްޓްރާ ހުސެއިން ވާފިރު

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މަލީހް ޖަމާލު

މައުމޫން ރިފޯމް މޫވްމަންޓްގެ އަބްދުﷲ ކަމާލުއްދީން

އެމްޑީޕީގެ ލީގަލް ޑިރެކްޓަރ ހިސާން ހުސެއިން

ފައިސަލް ނަސީމް ދިއްގަރަށް ވަޑައިގެންނެވީ މ. އަދި ވ. އަތޮޅަށް މިއަދު ފެއްޓެވި ކެމްޕެއިން ދަތުރުގެ ތެރެއިންނެވެ. ފައިސަލް ވަނީ މިއަދު ވ.ކެޔޮދޫ އާއި ތިނަދޫ އާއި ފެލިދޫ އާއި ފުލިދޫއަށް ވަޑައިގެންފަ އެވެ. އަދި އެ ރަށްރަށުގައި ތިބި އިދިކޮޅު ކޯލިޝަނަށް ތާއިދުކުރާ ފަރާތްތަކާ ވަނީ ބައްދަލު ކުރައްވާފަ އެވެ. އަދި އެރަށުގައި ދަތިވެފައިވާ ކަންކަމަށް ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީން ވަނީ އެރަށުގައި ތިބި މީހުނަށް އަރުވާފަ އެވެ. 

ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނުން ދިއްގަރު ޖަލްސާ ބާއްވާއިރު އެ ކޯލިޝަނަށް ތާއިދު ކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ހުންނެވީ ޖަލުގައި ބަންދުކޮށްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް