ކ. މާލެ
|
5 އޯގަސްޓް 2018 | އާދީއްތަ 14:38
ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މައްޗަންގޮޅި  އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ
ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ޕޯސްޓަރުތައް ތަތްކުރުން މަނާކުރިއަސް ސިޔާސީ އިސް ލީޑަރުންގެ އަޑެއް ފޮހެއެއް ނުލެވޭނެ: މާރިޔާ
ޕޯސްޓަރުތައް ނެއްޓުމަށް މަސައްކަތްވެސް ކުރައްވަނީ ވަރަށް ހުތުރުކޮށް
ސިޔާސީ އިސް ލީޑަރުންގެ އަޑެއް ކަނޑުވައެއް ނުލެވޭނެ

އިދިކޮޅު ފަރާތްތަކުން ދައްކަނީ ނުހައްގުން އަނިޔާ ލިބޭ ވާހަކަތައް ކަމަށާއި ގައިދީންނޭ ކިޔާ ފުލުހުން މިފަދަ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް މަސައްކަތް ކުރި ނަމަވެސް އެގޮތަށް އެކަންކަން ނުކުރެއްވޭނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، ސިޔާސީ ލީޑަރުންނަކީ ގިނަ ރައްޔިތުންގެ ލޯބި ހޯދާފައިވާ ފަރާތްތަކަށް ވާއިރު އެފަރާތްތަކުން ނިޒާމުން ބޭރުކޮށްލުމަށް މަސައްކަތްކުރި ނަމަވެސް އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށެވެ.

 މާރިޔާ ވިދާޅުވީ، މިފަދަ ޕޯސްޓަރުތައް ނެއްޓުމަށް މަސައްކަތްވެސް ކުރައްވަނީ ވަރަށް ހުތުރުކޮށް ކަމަށާއި މިފަދަ ކަންކަން ކުރިއަށް އޮތްތަނުގައިވެސް ނުކުރެއްވުމަށް އެދޭ ކަމަށެވެ.

"ޕާޓީގެ ވެރިންނަކީ ޕާޓީގެ ލީޑަރުންގެ ގޮތުގައި ނުވަތަ ޕާޓީގެ މަގާމެއްގައި ވެސް ކުށެއް ސާބިތުވުމަށްފަހު އެހެން ނުތިއްބެވޭނެ ކަމަށް. އެކަމަކު މިހާރުވެސް އެމްޑީޕީގެ ލީޑަރުގެ ގޮތުގައިވެސް ދެކެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު. އެހެންކަމުން އެހެން ހަދާ ގަވައިދަކުން ސިޔާސީ އިސް ފަރާތްތައް ނިޒާމުން ގެއްލުވާލުމަށް މަސައްކަތް ކުރެއްވި ނަމަވެސް އެކަމެއް އެގޮތަށް ނުކުރެވޭނެ." މާރިޔާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް