ކ. މާލެ
|
5 އޯގަސްޓް 2018 | އާދީއްތަ 13:42
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓްގެ ސްޕޯކްސް ޕާސަން މައްޗަށްގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓްގެ ސްޕޯކްސް ޕާސަން މައްޗަށްގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
ޑިފެންސް މިނިސްޓަރު މިހާރުން މިހާރަށް އިސްތިއުފާ ދޭންޖެހޭ: މާރިޔާ
ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުރެ ކުރެވޭނެ ކަމެއް ނޫން ކުރެއްވީ
މިއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް
ޑިފެންސް މިނިސްޓަރަކީ ސިއްރު ހިފެހެއްޓޭ ބޭފުޅެއް ނޫން

ރާއްޖޭގެ ޑިފެންސް މިނިސްޓަރަކީ ސިއްރު ހިފެހެއްޓޭ ބޭފުޅެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި މިހާރުން މިހާރަށް އިސްތިއުފާ ދޭންޖެހޭ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުގެ ސްޕޯކްސްޕާސަން މައްޗަށްގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މާރިޔާ ވިދާޅުވީ، ރާއްޖޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރަކީ ރައްޔިތުން ބިރުގަންނާނެ ގޮތަށް އަމިއްލަ ފޭސްބުކް އެކައުންޓް ގެންގުޅުއްވާ ބޭފުޅަކަށް ވެއްޖެ ކަމަށެވެ. އަދި މިހާރުން މިހާރަށް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށާއި ހޮނިހިރު ދުވަހުން ފެށިގެން ރައްޔިތުންގެ ސަމާލުކަން ގެނެސްފައިވާ އިރު އެކަންކަން ރައްޔިތުންނަށް ފުރިހަމައަށް ކިޔާދީފައިނުވާ ކަމަށެވެ.

"ޑިފެންސް މިނިސްޓަރަކީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ކަމަށްވަންޏާ އެބޭފުޅާއަށް އެކަން ފޭސްބުކްގެ އަޕްޑޭޓެއް ހެނެއް އެކަން އެގޮތަކަށް ނުކުރެއްވޭނެ. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެމެރިކާގައި ވެސް ހިލެރީ ކްލިންޓަން އަމިއްލަ ޕާސަނަލް އެކައުންޓުން ކުރި މެއިލް އެއްގެ ސަބަބުން ސެކިއުރިޓީ ބްރީޗަކަށް ވެގެން ދިޔައީ. ޑިފެންސް މިނިސްޓަރުކަގެ މަގާމުގައި ހުންނަ ބޭފުޅާ އެބޭފުޅާއަށް ކަމެއް ޝައްކު ކުރެވިގެން ކަމެއް ވެދާނެހެން ހީވެގެން އެގޮތަށް ނުލިޔުއްވޭނެ. އޮފިޝަލީ ހިއްސާ ކުރަން ޖެހޭނީ ހިއްސާ ކުރައްވަންޖެހޭ ފަރާތްތަކާ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، ޓެރަރިޒަމްގެ ގާނޫނުގައިވެސް މަޖިލީހާ އެކަންކަން ހިއްސާކުރައްވަންޖެހޭނެ ކަމަށް އޮތްއޮތުން ރައީސުލްޖުމްހޫރިއްޔާ ފެނިވަޑައިގަންނަވާ ގޮތަށް ކަންކަން ކުރެއވޭނެ ކަމަށް ވިދާޅުވެ ގާނޫނުވެސް ބަދަލުކޮށްފައިވާކަމަށެވެ.

މާރިޔާ ވިދާޅުވީ، ޑިފެންސް މިނިސްޓަރުގެ އަމިއްލަ އެކައުންޓްގައި ރާއްޖޭގެ އަމަން އަމާން ކަމާ ގުޅޭ ވާހަކަތަކެއް ނުޖެހޭނެ ކަމަށާއި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާ ވާހަކަވެސް ނުލިޔުއްވޭނެ ކަމަށެވެ.

މާރިޔާ މިކަން ހާމަކޮށްފައިވާ އިރު ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރުގެ ފޭސްބުކް ޕޭޖުގައި ލިއުއްވާފައިވާ ގޮތުގައި ގައުމީ ސަލާމަތަށް ނުރައްކަލެއް ވެދާނެ އެއްވެސް ކަމެއްގެ މައުލޫމާތު ލިބިއްޖެނަމަ ވަގުތުން އެމްއެންޑީއެފްއަށާއި ޕޮލިސް ސާވިސްއަށް ރިޕޯޓް ކުރެއްވުން އެދޭކަމަށެވެ.

ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި މާތްވެގެންވާ އިސްލާމް ދީނާއި ގާނޫނު އަސާސީ ރައްކާތެރިކުރުމާއެކު ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތް ކުރުމާއި ސިފައިންގެ ގާނޫނުގައިވާ މަގުސަދުތަކާއި ވާޖިބުތައް އަދާކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް މި ޕޭޖްގައި ލިއުއްވާފައިވާ ޕޯސްޓްގައިވެއެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ އެކަމާ ބެހޭ ގޮތުން މި ވަގުތު އެއްޗެއް ހާމަކުރެވެން ނެތް ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް