ކ. މާލެ
|
5 އޯގަސްޓް 2018 | އާދީއްތަ 12:49
އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ފައިސަލް ނަސީމް ވ. ތިނަދޫގައި ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ
އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ފައިސަލް ނަސީމް ވ. ތިނަދޫގައި ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
އަޅުގަނޑުމެންގެ ސަރުކާރެއްގައި ބޭކާރު ގޮތުގައި ފައިސާ ބޭނުމެއް ނުކުރާނަން: ފައިސަލް
ހަމަ ހަމަ ކަމާއެކު ކަންކަން ކޮށްދޭނަން

ވ. ތިނަދޫ: ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކުލަވާލާ ސަރުކާރެއްގައި ދައުލަތުގެ ފައިސާ ބޭކާރު ނުކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ވ.ތިނަދޫއަށް ވަޑައިގެން ފައިސަލް ވިދާޅުވީ މި ސަރުކާރުން މާލޭގައި ދައުލަތުގެ ފައިސާ ބޭނުން ކޮށްގެން ކުރާ މަސައްކަތްތައް ދެތިން ފަހަރު ކުރަމުން ގޮސް އެ ފައިސާ އިސްރާފު ކުރަމުންދާ ކަމަށެވެ. ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ތިނަދޫގައި އެންމެ އަސާސީ ޚިދުމަތްތައް ލިބެމުން ނުދާކަން ފައިސަލް ފާހަގަ ކުރެއްވިއެވެ.

އެގޮތުން ރަނގަޅު ސިއްހީ ޚިދުމަތެއް ނުދެވޭއިރު ނަރުދަމާގެ ޚިދުމަތްވެސް ތިނަދޫގައި ނެތްކަން ފައިސަލް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ފައިސަލް ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުން އެކުލަވާލާ ސަރުކާރުގައި ކަންކަން ނުފުދިގެން "ފަހަތަކުން ދުވާކަށް ރައްޔިތުނަކަށް ނުޖޭހެނެ" ކަމަށެވެ. އަދި އޭރުން ސަރުކާރުން ކަންކަން ކުރަމުންދާނީ ވަކި ތަރުތީބަކުން އިސްކަން ދޭން ޖެހޭ ރަށްތަކަށް އިސްކަން ދީގެން އެއްވެސް ރަށެއްގެ މެދުގައި ތަފާތުކުރުމެއް ނެތި ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

"ދައުލަތުގެ ބަޖެޓު ބޭނުން ހިފާނީ ރައްޔިތުންނަށްޓަކައި ކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް އަރުވަން. އަޅުގަނޑުމެން ބޭކާރުގެ ގޮތުގައި ފައިސާ ބޭނުން ނުކުރާނަން،" ފައިސަލް ވިދާޅުވިއެވެ.

ވ.އަތޮޅުގެ ރަށްތަކުން ފެންނަ ރީތި މަންޒަރަކީ ގުދުރަތީ ރީތިކަން ބޭރުގެ ފަތުވެރިންނަށް ވިއްކައިގެން ފައިސާ ހޯދާތަން ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ތިނަދޫ ވެގެންދާނީ ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާ ރަށަކަށް ކަމަށެވެ. އެހެން ނަމަވެސް ސްކޫލެއް ނެތް ތިނަދޫގައި އެކަށީގެންވާ މިސްކިތެއް ވެސް އަދި ނަރުދަމާގެ ނިޒާމެއް ވެސް މިހާރު ނެތްކަން ފައިސަލް ފާހަގަ ކުރެއްވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް