ކ. މާލެ
|
5 އޯގަސްޓް 2018 | އާދީއްތަ 11:36
މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު
މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު
ރާއްޖެ އެމްވީ
ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު
ޖާބިރުގެ ގޮވާލެއްވުން: އެކުވެރި ވިޔަފާރިވެރިން އަވަހަށް މިކޮޅަށް އަރުއްވާ!
ޖާބިރުގެ ޕާސްޕޯޓް ވަނީ ސަރުކާރުން ކެންސަލް ކޮށްފަ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަޅިއަށް އަވަހަށް ގުޅިވަޑައިގެންނެވުމަށް މަޝްހޫރު ވިޔަފާރި ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު، އޭނާގެ އެކުވެރި ވިޔަފާރިވެރިންނަށް ގޮވާލައްވައިފި އެވެ.

ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިންގެ އުއްމީދަކީ އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ކަމަށާއި އެމަނިކުފާނާއެކު ރާއްޖޭގެ ވެރިކަން އަލުން އަނބުރާ ދިވެހި ރައްޔިތުންގެ އަތަށް އެރުމުގެ ވަގުތު ކުޑަތަންވެއްޖެ ކަމަށެވެ. އަދި ސިޔާސީ އިގްތިޞާދީ ހިސާބުތައް ދައްކަނީ އިބޫ އާ އެއްކޮޅަށް ކަމަށާއި، އެކުވެރި ވިޔަފާރިވެރިން އަވަހަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު ކުރިއަށް ވަޑައިގެންނެވުމަށް ގޮވާލައްވާ ކަމަށެވެ.

 

އެމްޑީޕީގެ ލީޑަރ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރެއްގެ މަގާމު ފުރުއްވަމުން ގެންދާވާ ޖާބިރަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ވިޔަފާރި ވެރިޔެކެވެ.

ރާއްޖޭން ބޭރުގައި އަމިއްލައަށް އަރުވާލެވިގެން ދިރިއުޅުއްވަމުން ގެންދަވާ ޖާބިރުގެ ޕާސްޕޯޓް ސަރުކާރުން ވަނީ ކެންސަލް ކޮށްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް