ކ. މާލެ
|
5 އޯގަސްޓް 2018 | އާދީއްތަ 09:40
އިބްރާހިމް މުހައްމަދު ސޯލިހް ރަނިންމޭޓް ފައިސަލް ނަސީމް
އިބްރާހިމް މުހައްމަދު ސޯލިހް ރަނިންމޭޓް ފައިސަލް ނަސީމް
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
ފައިސަލްގެ ކެމްޕެއިން ދަތުރުތައް މ އަދި ވ. އަތޮޅަށް
ދިއްގަރުގައި މިރޭ ޖަލްސާއެއް އޮންނާނެ

މ. އަތޮޅާއި ވ. އަތޮޅަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ރަނިންމޭޓް ފައިސަލް ނަސީމް ކެމްޕެއިން ދަތުރު ފައްޓަވައިފ އެވެ.

އާދިއްތަ ދުވަހު ފެއްޓެވި މި ދަތުރުގައި އެންމެ ފުރަތަމަ ފައިސަލް ވަޑައިގެންނެވީ ވ. ފުލިދުއަށެވެ. މިއަދު މި އަތޮޅު ތިނަދޫ އާއި ކެޔޮދޫ އާއޮ ފެލިދޫގެ އިތުރުން މ. ދިއްގަރަށް ވަޑައިގަންނަވާނެ އެވެ. ދިއްގަރުގައި ހާއްސަ ކެމްޕެއިން ޖަލްސާއެއް ބާއްވަން ވަނީ ހަމަ ޖެހިފަ އެވެ.

 ހޯމަ ދުވަހު ދިއްގަރުން ވަޑައިގަންނަވަނީ ރަތްމަންދޫއަށެވެ. އެއަށް ފަހު ވޭވަށާއި ނާލަފުއްޓާއި ކޮޅުފުއްޓަށާއި މުލަކާއޮ މުއްޔަށް ވެސް ވަޑައިގަންނަވާނެ އެވެ. މީގެ އިތުރުން އަންގާރަ ދުވަހު މ.މަޑުއްވަރީއަށާއި ވ.ރަކީދޫ އަށް ވަޑައިގަތުމަށް ފަހު އެނބުރި މާލެ ވަޑައިގަންނަވާނެ އެވެ.

ފައިސަލްއާއެކު މި ދަތުރުގައި އިދިކޮޅު ކޯލިޝަނުގައި ހިމެނޭ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވަޑައިގަންނަވަ އެވެ.  އިބޫގެ ރަނިންމޭޓް ފައިސަލް ކެމްޕެއިނަށް އައްޑޫ އަށާއި ފުވަމުއްލަކު ސިޓީއަށް އަދި ކާށިދޫ އާއި ގާފަރުގެ އިތުރުން އދ.އަތޮޅުގެ ރަށްތަކަށް ވަނީ ވަޑައިގެންފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް