ކ. މާލެ
|
5 އޯގަސްޓް 2018 | އާދީއްތަ 09:42
ކެމްޕޭން ހަރަކާތެއްގައި އިބޫ ވާހަކަ ދައްކަވަނީ
ކެމްޕޭން ހަރަކާތެއްގައި އިބޫ ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ޤައުމަށް ނުރައްކަލެއް އޮތް ކަމަށްބުނެ ވާހަކަ ފަތުރަނީ އިންތިޚާބު ފަސްކުރުމަށް: އިބޫ
އެއީ އިންތިޚާބު ފަސްކުރަން ސަރުކާރުންކުރާ ކަމެއްކަމަށް ވިދާޅުވި
ރަސްމީ މައުލޫމާތު ހާމަކުރާ ގޮތާއިމެދު އިބޫވަނީ ސުވާލު އުފައްދަވާފަ

ގައުމުގެ އަމާންކަން ނަގާލަން ބަޔަކު ރާވާ، ޤައުމަށް ނުރައްކަލެއް އޮތް ކަމަށްބުނެ އަޑު ފަތުރަނީ އަންނަ ރިޔާސީ އިންތިޚާބު ފަސްކުރުމަށް ކަމަށް ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އިބޫ މިހެން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް ގައުމުގެ އަމާންކަން ނަގާލުމަށްޓަކައި ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވުމާއި ގުޅިގެންނެވެ.

ތ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ތ.ގާދިއްފުށީ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަ ދައްކަމުން އިބޫ ވިދާޅުވީ ރާއްޖެއަށް މާބޮޑު ބިރެއް ކުރިމަތިވެގެން އުޅޭ ވާހަކަ ޑިފެންސް މިނިސްޓަރުގެ އަމިއްލަ ފޭސްބުކް އެކައުންޓުން ހާމަކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

ޤައުމަށް ދިމާވާ ބޮޑެތި ކަންކަން ރައްޔިތުންނަށް ހާމަކުރަންޖެހޭ ވަޒީރުންގެ އަމިއްލަ މީސް މީޑިއާގެ އެކައުންޓްތަކުންތޯ ސުވާލު އުފައްދަވާފައެވެ.

އިބޫ ވިދާޅުވީ އެފަދަ ކަންކަން ހާމަކުރަންވާނީ ރަސްމީކޮށް، ޑިފެންސް މިނިސްޓްރީން ނުވަތަ ހޯމް މިނިސްޓްރީން ކަމަށެވެ. އަދި އެކަމާއި ގުޅޭ ފިޔަވަޅު އަޅަންވާނީ އެފަރާތްތަކުން ކަމަށެވެ.

"އަޅުގަނޑަށް އެކަން މިފެނުނީ ޖޯކެއްގެ ގޮތުގައި، އަޅުގަނޑަށް އެކަން މިފެނުނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ދިމާކޮށް އެއިންތިޚާބު ފަސްކޮށް ނުވަތަ އޮޅުވާލުމަށް، ނުވަތަ ވޯޓްލާން ތިބި ރައްޔިތުންނަށް ބިރުދެއްކުމަށްޓަކައި ބިރު ދައްކައިގެން ކުރާ ކަމެއް ގޮތުގައި," އިބޫ ވިދާޅުވިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ އަމިއްލަ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް ގައުމުގެ އަމާންކަން ނަގާލުމަށްޓަކައި ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ކަންކަން އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ގާތުން ބަލަމުންދާ ކަމަށެވެ.

ނުރައްކަލެއް މައުލޫމާތު ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އޭގެ އެއްވެސް މައުލޫމާތެއް މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ. އަދި ފުލުހުންނާއި އެމްއެންޑީއެފްއިން ވެސް މިހާތަނަށް މިކަމުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
5 އޯގަސްޓް 2018 | އާދީއްތަ 05:45
ހެއްރަބެ
ނުހިނގާކަމެއް ހިނގާކަމަށް ބުނެ ޤައުމް އެލާޓަށް ގެނަައުމަކީ ޓެރަރިސްޓް އަމަލެއް!!!!ފ