ކ. މާލެ
|
5 އޯގަސްޓް 2018 | އާދީއްތަ 07:38
އިބޫ ތިމަރަފުށިން މަރުހަބާ ކިޔުމަށް ގޮސްހުރި ކުޑަކުއްޖަކާ ސަލާމްކުރައްވަނީ
އިބޫ ތިމަރަފުށިން މަރުހަބާ ކިޔުމަށް ގޮސްހުރި ކުޑަކުއްޖަކާ ސަލާމްކުރައްވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
އިބޫ ތ. އާއި ލ. އަށް، ތިމަރަފުށިން ހޫނު މަރުޚަބާއެއް
މި ދަތުރުފުޅުގައި ތިމަރަފުށި އަދި ގަމުގައި ބޮޑު ޖަލްސާއެއް ބާއްވާނެ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ތ އަތޮޅަށާއި ލ. އަތޮޅުގެ ކެމްޕެއިން ދަތުރު ފައްޓަވައިފި އެވެ. 

ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް އާދީއްތަ ދުވަހު ހެނދުނު ފުރަތަމަ ވަޑައިގަތީ ތ. އަތޮޅު ތިމަރަފުއްޓަށެވެ. އެ ރަށުން އެ މަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. 

ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި އިބޫގެ އަރިހުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ރިފޯމް މޫވްމެންޓުގައި އުޅުއްވާ، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދާމް ބައިވެރިވަޑައިގަންނަވަ އެވެ. 

 

އިބޫ އާއި އެމަނިކުފާނުގެ ޓީމް ތިމަރަފުށީ އެއާޕޯޓްގައި 

އިބޫ އާދީއްތަ ދުވަހު ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ގާދިއްފުށި، ގުރާދޫ، މަޑިފުށި، ވިލިފުށި، ހިރިލަންދޫއަށެވެ. ހޯމަ ދުވަހު ވޭމަންދޫ، ކިނބިދޫ، އޮމަދޫ ވަޑައިގެންނަވާއިރު، ތ އަތޮޅަށް ހާއްސަކޮށްގެ ބާއްވާ ބޮޑު ޖަލްސާ ހޯމަ ދުވަހުގެ ރޭ އޮންނާނީ ތިމަރަފުށީގަ އެވެ.

ދެ ދުވަހަށް ފަހު އެ މަނިކުފާނު ވަޑައިގަންނަވާނީ ލ. އަތޮޅަށެވެ.  ލ. އަތޮޅުގެ ބޮޑު ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުގެރޭ ގަމު ތުނޑި ބަނދަރު ސަރަހައްދުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް