ކ. މާލެ
|
4 އޯގަސްޓް 2018 | ހޮނިހިރު 22:32
ރައީސް ޔާމީން 2018 ޖަހާފައިވާ ޓީޝާޓްތަކެއް ލައިގެން ތިބި ބަޔަކު ކޯލިޝަންގެ ޕޯސްޓަރުތައް ނައްޓުވަނީ
ރައީސް ޔާމީން 2018 ޖަހާފައިވާ ޓީޝާޓްތަކެއް ލައިގެން ތިބި ބަޔަކު ކޯލިޝަންގެ ޕޯސްޓަރުތައް ނައްޓުވަނީ
ޓްވިޓަރ
ރިޔާސީ ކެމްޕެއިން
ހުޅުމާލޭގައި ޕިޕީއެމް އަންހެން ސަޕޯޓަރުންތަކެއް ކޯލިޝަން ކެމްޕެއިން ޕޯސްޓަރުތައް ނައްޓާ ފޮޓޯތަކެއް އާއްމުވެއްޖެ
ގަވާއިދާ ހިލާފަށް މާލޭގައި ޕީޕީއެމްގެ ދިދަފަތިތައް ދަމާފައިވާ އިރު އެ ތަކެތި ނަގާފައެއް ނުވޭ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުުން އަންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ހުޅުމާލޭގައި ހަރުކޮށްފައި ހުރި ޕޯސްޓަރުތަކެއް ޕީޕީއެމްގެ ޓީޝާޓްތަކެއް ލައިގެން ތިބި ބަޔަކު ނައްޓައި ވިދަމުންދާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑީއާގައި ދައުރުވާން ފަށައިފިއެވެ.

ހުޅުމާލޭގައި ހުރި ބިލްބޯޑެއްގެ ފަހަތުގައި ހަރުކޮށްފައި ހުރި ގުޅިފައިވާ ކޯލިޝަންގެ ޕޯސްޓަރުތައް ރައީސް ޔާމީން 2018 ޖަހާފައިވާ ޓީޝާޓްތަކެއް ލައިގެން ތިބި ބަޔަކު ނައްޓާލާ ފޮޓޯތަކެއް އަންނަނީ ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ދައުރުވަމުންނެވެ. މި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޕޯސްޓަރުތައް ހިއްޕާފައި ވަނީ ހަރުކޮށްފައި ހުރި ބިލްބޯޑެއްގެ ފަހަތުގައެވެ. މީގެ އިތުރުން އަތްފޯރާ ވަރަށް ވުރެ އުހުގައި ހުރި ޕޯސްޓަރުތައް ނެއްޓުމަށް އެތަނަށް ދިޔަ ދެ މީހުންގެ ތެރެއިން އެކަކު ވަނީ ސައިކަލެއްގެ މައްޗަށް އަރާ ހުރެ އެ ފޮޓޯތައް ވީދާފައެވެ.

މި ފޮޓޯތަކާ ގުޅިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޕާޓީތަކުގެ އިސްވެރިން އަދި ސަޕޯޓަރުން ވެސް ދަނީ ޕީޕީއެމްއަށް ފާޑުކިޔަމުންނެވެ. އެގޮތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ ޕޯސްޓަރުތައް ނެއްޓުމުން ރައްޔިތުންގެ ހިތުގައި ލީޑަރުންނަށް އޮތް ލޯބި ބަދަލުވާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި މިފަދަ ކަންކަމަށް ކިޔަނީ ފޫނެތް ފަޔަށް ފެން ފުރުން ކަމަށާއި ޕޯސްޓަރުތައް ނެއްޓި ވަރަކަށް ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ލިބޭ ވޯޓް އިތުރުވާނެ ކަމަށް ވެސް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ.

މި ފޮޓޯތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުންތައް އެ ބަޔަކަށް އަދި ޕީޕީއެމަށް އަމާޒުވެފައިވާއިރު، ހުޅުމާލޭގައި ރައީސް ޔާމީނަށް ކެމްޕެއިން ކުރަމުންދާ މީހުން ދިދަފަތި ދަމައި ޕޯސްޓަރު ހަރުކޮށް، އެކި އެކި ކެމްޕެއިން އިވެންޓްތައް ވެސް ދަނީ ބާއްވަމުންނެވެ. އެކަމަމަށް އެއްވެސް ބަޔަކު ހުރަހެއްނާޅައެވެ. އެހެންނަމަވެސް މިދިޔަ ޖުލައިމަހުގެ ކުރީކޮޅު އިދިކޮޅު ކެނޑިޑޭޓް އިބޫ ސޯލިހު ހުޅުމާލޭއަށް ޑޯޓުޑޯއަށް ވަޑައިގެންނެވުމުން ބަޔަކު ވަނީ އެމަނިކުފާނުގެ ގައިކޮޅަށް އަތްލައި ހަމަނުޖެހުން ހިންގަން މަސައްކަތްކޮށްފައެވެ. މީގެ އިތުރުން ގިނަ ބަޔަކު ދަނީ މާލޭގައި އެމްޑީޕީ އޮފީސް ދޮރުމަތީގައި ޕީޕީއެމްގެ ދަމާފައިވާ ދިދަފަތިތަކުގެ ފޮޓޯތަކާއި އަންހެން ވެރިން ޕޯސްޓަރުތައް ވީދާ ފޮތި އަޅާ ކަމުންނެވެ. އަދި އެ ދިދަފަތިތައް އެތަނުގައި ދަމާފައި ހުންނަތާ އެތައް ދުވަހެއް ވެފައި ވިޔަސް އެތަކެއްޗަށް ގެއްލުން ނުދޭކަން ދަނީ ފާހަގަކުރަމުންނެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
4 އޯގަސްޓް 2018 | ހޮނިހިރު 17:58
ރާޑޯ
އެމްޑީޕީ މީހުން ޕީޕީއެމްގެ ދިދަތައް ކަންޑާލީމަ އެކަން އޯކޭ.