ކ. މާލެ
|
4 އޯގަސްޓް 2018 | ހޮނިހިރު 18:44
މާލޭގެ ގެއެއްގައި އިބޫ ރާޒުވާ ކުޅުއްވަނީ:- އެމަނިކުފާނު ވަނީ ގިނަ ގެތަކަކަށް ވަޑައިގެންފައި
މާލޭގެ ގެއެއްގައި އިބޫ ރާޒުވާ ކުޅުއްވަނީ:- އެމަނިކުފާނު ވަނީ ގިނަ ގެތަކަކަށް ވަޑައިގެންފައި
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
މާލޭގެ ރައްޔިތުނަށް ހާއްސަކޮށްގެން މަޝްރޫއެއް ހިންގާނަން: އިބޫ
މާލޭގެ ގިނަ ގެތަކަކަށް މިއަދު ވެސް ވަޑައިގެންނެވި

މާލޭގެ ރައްޔިތުނަށް ހާއްސަކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ މެންދުރު ފަހު މައްޗަންގޮޅީގައި ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށް އެމަނިކުފާނުގެ ވެރިކަމެއްގައި މަސައްކަތް ފައްޓާވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި މުޅި ރާއްޖޭގެ އެންމެނަށް ގެދޮރުގެ އެހީތެރިކަން ފޯރުކޮށްދޭއިރު ސީދާ މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ގެދޮރުގެ އެހީތެރިކަން އަޅުގަނޑުމެން އިރާރަދަކުރެއްވިއްޔާ ފޯރުކޮށްދޭނަން،" އިބޫ ވިދާޅުވިއެވެ.

މާލެއަކީ ރާއްޖޭގައި މި ވަގުތު އުޅެން އެންމެ އުނދަގޫ ރަށް ކަމަށް ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ މާލޭގެ ޓްރެފިކްގެ މައްސަލަ އާއި ބަނދަރުގެ ދަތިކަމުގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެކަން ހައްލު ކޮށްދިނުމަށް އެމަނިކުފާނުގެ ސަރުކާރެއްގައި މަސައްކަތްކުރާނީ ކިހިނެއް ކަން މެނިފެސްޓޯ ތަފްސީލްވެގެން އަންނައިރު ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އިބޫ ވިދާޅުވީ ޖަގަހަތައް ހުޅުވި، ކެމްޕެއިން އިތުރަށް ފޯރިގަދަވެގެންދާއިރު މިހާރު އެންމެ މުހިންމު މަސައްކަތަކަށް ވެފައި އޮތީ ރީ-ރަޖިސްޓްރީ ކުރުން ކަމަށެވެ.  

"މި މަސައްކަތް ރަނގަޅަށް ކުރިއަށް ގެންދެވިޖެއްޔާ އިރާދަ ކުރައްވިއްޔާ 23 ސެޕްޓެމްބަރުގައި މި ބާއްވާ އިންތިހާބު ބޮޑުތަނުން އަޅުގަނޑުމެނަށް ކާމިޔާބު ކުރެވިގެންދާނެ،" އިބޫ ވިދާޅުވިއެވެ.

"ޖަޒީރާ މައިޒާން"ގެ ނަމުގައި މާލޭގައި ހުޅުވި މި ޖަގަހައަކީ މާލެއަށް ނިސްބަތްކޮށް އިދިކޮޅު ކޯލިޝަނުން ހުޅުވި ފުރަތަމަ ޖަގަހައެވެ. އިބޫ ހޮނިހިރު ދުވަހު ވަނީ މައްޗަންގޮޅީގެ ގިނަ ގެތަކަކަށް ވަޑައިގެންފައެވެ. އަދި ގެތަކަށް ވަޑައިގެން އެމަނިކުފާނު ވަނީ ރައްޔިތުންނާ ބައްދަލު ކުރައްވައި، އާންމު ދިރިއުޅުމުގެ ހާލަތު އޮޅުން ފިލުއްވާފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް