ކ. މާލެ
|
4 އޯގަސްޓް 2018 | ހޮނިހިރު 11:32
ސިނަމާލެ ބްރިޖްގެ މަތިން ނަގާފައިވާ ފޮޓޯއެއް: ފޮޓޯ: ހައުސިން މިނިސްޓްރީ
ސިނަމާލެ ބްރިޖްގެ މަތިން ނަގާފައިވާ ފޮޓޯއެއް: ފޮޓޯ: ހައުސިން މިނިސްޓްރީ
ޓްވިޓަރ
ސިނަމާލެ ބްރިޖް
ބްރިޖް މަތީ ކައިވެނި ކުރަން ބޭނުންވާ މީހުންނަށް މާދަމާ ފޯމް ދޫކުރަން ފަށަނީ
ހައުސިން މިނިސްޓްރީން ފޯމް ދޫކުރުން ކުރިއަށްދާއިރު މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ފޯމްތައް ބަލައިގަތުން ކުރިއަށްދާނެ
ސިނަމާލެ ބުރިޖްގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައި

ސިނަމާލެ ބްރިޖް މަތީގައި ކައިވެނި ކުރަން ބޭނުންވާ މީހުންނަށް އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއިއްޒު ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމިންގެ ވައުދު ކަމުގައިވާ ބްރިޖް މަތީގައި އަލަތު ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު 5 އޮގަސްޓު ގައި ހުޅުވާލާނެ ކަމަށެވެ. އަދި ވިދާޅުވީ ހައުސިން މިނިސްޓްރީގެ ކައުންޓަރުން ފޯމް ދޫކުރުން ކުރިއަށްދާނެ ކަމަށާއި، އޮގަސްޓު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ފޯމްތައް ބަލައިގަތުން ކުރިއަށްދާނެ ކަމަށެވެ.

މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ސިނަމާލެ ބުރިޖްގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. ސެޕްޓެންބަރު 25އަށް ބްރިޖްގެ މަސައްކަތް ނިންމާނެ ތާރީހު ކަމަށް ކަނޑައަޅާއިފައިވާއިރު މިތާރީހަށްވުރެ އަވަހަށް ބްރިޖްގެ މަސައްކަތް ނިންމާ ހުޅުވާލާނެ ކަމަށް މިނިސްޓަރު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ބްރިޖްގެ މަސައްކަތް ކުރުމަށް 1،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާއިރު ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވެއެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދީފައިވާ އެހީއެކެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް