ކ. މާލެ
|
4 އޯގަސްޓް 2018 | ހޮނިހިރު 01:36
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އިންސާފުވެރި ޖަޒީރާ ވަންތަ ސަރުކާރެއް ހޯދޭނީ އިބޫއާއި ފައިސަލަށް ވޯޓު ދީގެން: އަލީ ހުސައިން
އޯގާތެރި ސަރުކާރު ހޯދޭނެ ދެބޭފުޅުންނަކީ އިބޫ އާއި ފައިސަލް
މަޖިލިސް ހައިޖެކް ކުރެއްވީ ރައީސް ޔާމީން

އިންސާފުވެރި ޖަޒީރާ ވަންތަ ސަރުކާރެއް ހޯދޭނީ އިދިކޮޅު ޕާޓީތަކުން ނެރޭ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިންމޭޓްކަމަށް ޖުމްހޫރީ ޕާޓީން ނެރޭ ފައިސަލް ނަސީމަށް ވޯޓު ދީގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ހުކުރު ދުވަހުގެ ރޭ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ނޫ އިގްތިސާދެއްގައި އުފާވެރި ޖަޒީރާ ދިރިއުޅުމެއް އުޅެވޭނީ އިންސާފުވެރި އޯގާތެރި ސަރުކާރެއް ހޯދައިގެން ކަމަށެވެ. އަދި ސެޕްޓެމްބަރު 24 ގައި ހުރިހާ ރައްޔިތުންނެއްވެސް ތިބޭނީ މިނިވަނުންގެ ގޮތުގައި ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

"އޯގާތެރި ސަރުކާރު ހޯދޭނެ ދެބޭފުޅުންނަކީ މި ތިއްބެވި އިބޫއާއި ފައިސަލް. އެކަން ކުރަން ތިބޭފުޅުން ކުރަންޖެހޭ ކަމަކީ. ކުރަންޖެހޭ އެއްކަންތައް އޮންނާނެ. އެއީ 23 ސެޕްޓެމްބަރުވާ ދުވަހު ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުން ފަރުދީ ޒިންމާ އަދާކުރައްވާ އެދުވަހު ވަޑައިގެން ވޯޓު ލައްވާ ތިބޭފުޅުން ބޭނުންވާ އުފާވެރި ދިވެހިރާއްޖެއަށް ވަޑައިގަންނަވަން ތިބޭފުޅުންގެ ފަރުދީ ޒިންމާ އަދާކުރައްވާ."

އަލީ ހުސައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެތައް މެމްބަރުން ޖަލަށްލާ 12 މެމްބަރުން ތަމްސީލު ކުރައްވާ 70،000 ރައްޔިތުންގެ އަޑު ކަނޑުވާލާ އަދި މަޖިލީސް ވަނީ ހައިޖްކް ކޮށްފައި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީސް ވަނީ ފަޅާލާފައިކަމަށާއި އެކަން ކުރެއްވި މީހަކީ ރައީސް ޔާމީންކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް