ކ. މާލެ
|
4 އޯގަސްޓް 2018 | ހޮނިހިރު 01:16
އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ވާހަކަ ދައްކަވަނީ
އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ރައީސް ޔާމީނަށް ވެރިކަން ލިބިއްޖެނަމަ ދެން ދިވެހިންނަށް ވޯޓު ފޮއްޓެއް ނުފެންނާނެ: އިބްރާ
މިއަދު ކޮންމެ ރައްޔިތަކުވެސް ކުރަންވީ ކަމަކީ ވޯޓަށް ތައްޔާރުވުން
އެކަންތައް ނުުކޮށް، އަނެއް ފަހަރު ޤައުމު އޮޔާލީމައި އެ ވާހަކަ ދައްކައިގެން ނުވާނެ
ރައީސް ޔާމީން ވެރިކަމަށް އަތުވެއްޖެނަމަ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އޮންނާނީ މީހުން ދިރިއުޅޭ އެއް ރަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އިންތިހާބުވެވަޑައިގެންފިނަމަ ރައްޔިތުންނަށް ދެން ވޯޓު ފޮއްޓެއް ނުފެންނާނެ ކަމަށް ޤާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމެޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބްރާހިިމް އިސްމާއިލް ވިދާޅުވީ މިއަދު ކޮންމެ ރައްޔިތަކުވެސް ކުރަންވީ ކަމަކީ ވޯޓަށް ތައްޔާރުވުންކަމަށެވެ. އަދި ވޯޓުލާ ދުވަހު ހެނދުނު ހެނދުނާ ގޮސް ވޯޓު އަޅަންޖެހޭ ކަމަށާއި، ކޮންމެ ދުވަހަކުވެސް ވޯޓުލާން އޮޮތީ ކޮން ތަނަކަށްތޯ ބަލައި ޗެކް ކުރުންޖެހޭކަމަށް އިބްރާ ވިދާޅުވި އެވެ. އަދި ކުޑަ މައްސަލައެއް ފާހަގަވިނަމަވެސް، އެ މައްސަލައެއް އިލެކްޝަންސް ކޮމިޝަންގެ ރައީސަށް ހުށައަޅައި ސުވާލުކުރަންޖެހޭނެކަމަށް އިބްރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަންތައް ނުުކޮށް، އަނެއް ފަހަރު ޤައުމު އޮޔާލީމައި އެ ވާހަކަ ދައްކައިގެން ނުވާނެކަމަށް އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ފަރުދީ ފެންވަރެއްގައި އެކަންތައް ނުކޮށް، ޤައުމުން ވައްކަން ކުރަނީ ކަމަށާއި، އިންސާފު ނުލިބޭކަމަށް ބުނެ ވާހަކަދައްކާނެ ކަމެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އެ ހާލަތުގައި އެ ވާހަކަ ދެއްކިނަމަވެސް އެކަން ރަނގަޅު ކުރާނެ ބަޔަކު ނުތިބޭނެކަމަށާއި، މިއީ ކަންކަން ރަނގަޅުކުރުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތުކަމަށެވެ. 

"ވަރަށް ގިނައިން އަޅުގަނޑުމެންނަށް ސިޔާސީ މައިދާނުގައި އިވޭ ވާހަކައެއް އެއީ އިސްތިޤުލާލު ގެއްލޭ ވާހަކަ. ހަސަން ރަސްގެފާނު، ހަވަނަ ހަސަން ރަސްގެފާނު ޕިޗޯރީން ގޮވައިގެން ރާއްޖެ ހިފަން އައި އިރުވެސް ނުގެއްލޭ ވަރަށް ދިވެހިރާއްޖޭގެ އިސްތިޤްލާލް މިއަދު ވަނީ ގެއްލިފައި. މިއަދު މި ރާއްޖޭގެ ރައްޔިތުންގެ ބާރު މި ޤައުމުން ކެނޑެމުން މި ދަނީ."

"23 ސެޕްޓެމްބަރުގައި އަބްދުﷲ ޔާމީން މި ޤައުމުގެ ވެރިކަމަށް އައިސިއްޔާ، ދެންވާނެ ވަރަށް ގިނަ ގޮތް އެބަހުރި. އޭގެތެރެއިން އަޅުގަނޑަށް އެންމެ ކަންބޮޑުވާ ކަންތައްތަކުގެ ވާހަކަ މި ދަންނަވަނީ. ދެން މި ރާއްޖޭގެ ރައްޔިތުންނަކަށް ވޯޓު ފޮއްޓެއް ނުފެންނާނެ އެ ފަހަކުން. ފުރަތަމަ ކަންތައް. ދެވަނަ ކަންތައް. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އޮންނާނީ މީހުން ދިރިއުޅޭ އެއް ރަށް. ދެން ހުރި އެހެން ހުރިހާ ރަށް މިލްކްކޮށްގެން ތިބޭނީ އެހެން ޤައުމުތަކުގެ ރައްޔިތުން. ދިވެހިރާއްޖޭގެ ތިން ލައްކަ ރައްޔިތުންގެ މައްޗަށް އަމުރުކުރާނެ ދެ ތިން މިލިއަން ބޭރު މީހުން މި ރާއްޖޭގައި އުޅޭނެ. ދެން އެ ދުވަހު އިސްތިޤްލާލޭ ކިޔަން އަޅުގަނޑުމެން ނިކުންނާނެކަމެއް ނެތް."

ގުޅިފައިވާ އިއްތިހާދުގައި ހަތަރު ޕާޓީއެއް ހިމެނޭކަން ފާހަގަކޮށް ވާހަކަދައްކަވަމުން އިބްރާ ވިދާޅުވީ ޕީޕީއެމްވެސް އިދިކޮޅު އިއްތިހާދުގައި ހިމެނޭކަމަށެވެ. އެހެންކަމުން ރައީސް ޔާމީން އެ ވާދަކުރައްވަނީ ކޮން ޕާޓީއެއްގެ ޓިކެޓުގައިތޯ ސުވާލުއުފަދައްވާ އިބްްރާ މިސާލުޖެއްސެވީ "ކާޅު ހާއްޔަށް ކޮތަރު ބިސް އެޅުން" ފަދައިންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
4 އޯގަސްޓް 2018 | ހޮނިހިރު 05:31
ހެެއްރަބެ
ކާޅުހާއްޔަށް ދުވަހަކުވެސް ކޮތަރު ބިހެއް ނާޅާނެ!!!!! ކާޅުހާއްޔަށް ބިސްއަޅާނީ ގިނަގިނައިން ތަންތަނަށް ހިޖުރަ ކުރްން ޖެހޭ ދޫންޏެއްކަމަށްވާ ކޮވެލި!!!ކ