ކ. މާލެ
|
3 އޯގަސްޓް 2018 | ހުކުރު 22:28
ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލް
ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލް
ސޯޝަލް މީޑިއާ
މާރާމާރީ ހިންގުން
ހުޅުމާލޭގައި ހިންގި މާރާމާރީގައި ބޮލަށް ވަޅި ހެރުމުގެ ސަބަބުން ޒަހަމްވި މީހާ ޓްރީޓޮޕަށް ބަދަލުކޮށްފި
މިމާރާމާރީގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާއިރު، ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ ރިޕޯޓު ލިބިފައިނުވާ ކަމަށް ފުލުހުން ބުނޭ
ޓްރީޓޮޕަށް ބަދަލުކުރިއިރު އޭނާ ނޭވާ ލަނީ ވެންޓިލޭޓަރުގެ އެހީގައި

ހުޅުމާލޭގައި ބުރާސްފަތި ދުވަހުގެ ރޭ ހިންގި މާރާމާރީގައި ބޮލަށް ވަޅި ހެރުމުގެ ސަބަބުން ޒަހަމްވި މީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

މި މާރާމާރީގައި ޒަހަމްވި 22 އަހަރުގެ ޒުވާނާއަށް ފުރަތަމަ ފަރުވާދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލު ވިދާޅުވީ އޭނާގެ އެތެރެހަށިން ލޭ އައިސްފައިވާ ކަމަށާއި ޓްރީޓޮޕަށް ބަދަލުކުރިއިރު އޭނާ ނޭވާ ލަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލަށް މިފިރިހެން މީހާ ބަދަލު ކުރީ އާއިލާގެ އެދުމުގެ މަތިން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި، މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރަށް އޮފިސަރު ވިދާޅުވީ މިމާރާމާރީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށް ރިޕޯޓު ކޮށްފައި ނުވާ ކަމަށެވެ.

ރޭ ޒުވާނެއްގެ ބޮލަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވާއިރު މިދިޔަ މަހުފަހުކޮޅު ދެމާރީމާރީ އެއްވަނީ ހުޅުމާލޭގައި ހިންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް