ކ. މާލެ
|
3 އޯގަސްޓް 2018 | ހުކުރު 19:19
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - ރައީސް ޔާމީނާއި، ޝަހީމްގެ ކެންޑިޑެސީ ފޯމް އަދިވެސް ހުށައެއްނާޅުއްވާ
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - ރައީސް ޔާމީނާއި، ޝަހީމްގެ ކެންޑިޑެސީ ފޯމް އަދިވެސް ހުށައެއްނާޅުއްވާ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ކެންޑިޑެސީ ފައިލްކުރުމާ ގުޅޭ ގޮތުން ޑރ. ޝަހީމް ޖަވާބެއް ނުދެއްވި!
ކެންޑިޑެސީ ފޯމް ހުށަހަޅާނެ ތާރީހެއް ވިދާޅެއް ނުވޭ
ނަމަވެސް ވިދާޅުވީ ހުންނެވީ ވަރަށް ސާބިތުކަމާ އެކުގައި ކުރިއަށް ވަޑައިގެންނެވުމަށް ކަމަށް

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ރައީސް އަބްދުﷲ ޔާމީން ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަނާޅުއްވައި ލަސްވާ މައްސަލައާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުުވުމަށް އެމަނިކުފާނުގެ ރަނިންގ މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެކޮޅު ހައްދަވައިފިއެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމް ހުށަނޭޅި ލަސް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގައި އޮތް އެމަނިކުފާނާ ގުޅުން ހުރި އެއް މިލިއަން ޑޮލަރުގެ މައްސަލައާ ގުޅިގެން ކަމަށް ތުހުމަތުތައް ކުރެވެން ފަށާފައި ވާއިރު، ކެންޑިޑެސީ ފޯމް ހުށަނާޅުއްވާ ލަސްވަނީ ކީއްވެތޯ ރާއްޖެއެމްވީން ސުވާލުކުރުމުން ޑރ. ޝަހީމް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަވާނީ ޕާޓީން ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއްގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. 

އޭގެ އިތުރުން ކެންޑިޑެސީ ފޯމް ހުށަހަޅުއްވާނެ ތަރީހެއް ވެސް ޑރ. ޝަހީމް ވިދާޅެއް ނުވިއެވެ. އަދި ވިދާޅުވީ ހުންނެވީ ވަރަށް ސާބިތުކަމާ އެކުގައި ކުރިއަށް ވަޑައިގެންނެވުމަށް ކަމަށެވެ.

"އެފަދަ އެއްވެސްކަމެއްގެ މައުލޫމާތު އަޅުގަނޑަށް ލިބިފައެއް ނެތް. އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތުކަމާ އެކު ކުރިއަށްދިއުމަށް" މެލޭޝިޔާއަށް ކުރައްވާ ކެމްޕޭން ދަތުރުފުޅަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވިއެވެ. 

މެލޭޝިއާ އަށް ފެއްޓެވި ހަތަރު ދުވަހުގެ ދަތުރުފުޅާ ގުޅޭ ގޮތުން ޑރ. ޝަހީމް ވިދާޅުވީ ދަތުރުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކޮށް، ކެމްޕޭން ބައްދަލުވުންތައް ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި ރާއްޖެ ވަޑައިގެން ހދ. އަށް ދަތުރުފުޅެއް ފައްޓަވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބަށް އޮތް ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރު ނުކުރެވުނު ނަމަވެސް ބޮޑެތި އާބާދީތަކަށް ދަތުރުތައް ކުރައްވާ، ކެމްޕޭން ހަރަކާތްތައް ކުރިއަށްގެންދަވާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
3 އޯގަސްޓް 2018 | ހުކުރު 02:49
ފާތުމަތު
Iboo ge deenee siyaasathu haanma nukuraatee kan bodu nuvaathi ibooge verikamuga hurihaa bonaqua fulhi takehga burugaa alhuvaane