ކ. މާލެ
|
30 ޖުލައި 2018 | ހޯމަ 09:04
ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެރުވުމަށް ބޭއްވި ޖަލްސާގެ ތެރެއިން
ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެރުވުމަށް ބޭއްވި ޖަލްސާގެ ތެރެއިން
މުހައްމަދު ޝަރުހާން
ރައީސް ޔާމީން
ޝަރީކުކުރާ ދިވެހި ޒުވާނުން މަދެއް ނޫން: ރައީސް ޔާމީން
އިސްލާމީ ދައުލަތެއްގައި އެންމެ ބޭނުން ވެވަޑައިގަންނަވާ ވަރަށް އިސްލާމީ ސިފަތައް އަށަނުގެންނެވޭ
ނަމާދު ކުރާ މީހުން މަދެއް ނޫން، ހުކުރަށް ދާ މީހުން އެއަށްވުރެ ގިނަ

ދިވެހި ޒުވާނުންގެ ތެރޭގައި ޝަރީކު (ޝިރުކު)ކުރާ މީހުން މަދު ނޫން ކަމަށާއި އެކަން އެގޮތަށް ދިމާވަނީ ދީނީ މުޤައްރަރުގައި ނުފުދޭ ކަންތައްތަކެއް ހުރުމުން ކަމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީން އާއި އެ މަނިކުފާނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ ހަވާލު ކުރެއްވުމަށް އާދީއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ އިސްލާމީ ދައުލަތެއްގައި ހުންނަން ޖެހޭނެކަމަށް އެމަނިކުފާނު ޤަބޫލު ކުރައްވާ މިންވަރަށް އިސްލާމީ ސިފަތައް ދިވެހިރާއްޖޭގައި އަށަނުގެންނެވޭ ކަމަށެވެ. އަދި އެ ގޮތަށް ދިމާ އެ ވަނީ ކީއްވެގެންތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.

"އިސްލާމީ ދައުލަތެއްގައި އިސްލާމީ ސިފަތައް އެންމެ ބޭނުންވާ މިންވަރަށް އަށަނުގަނެގެން މިއުޅޭނީ ކީއްވެގެންހޭ؟ ނަމާދު ކުރާ މީހުން މަދެއް ނޫން، ހުކުރަށް ދާ މީހުން އެއަށްވުރެ ގިނަ، އިސްލާމީ އުސޫލުތައް އަޑުއަހާ މީހުން މަދެއް ނޫން، ކޯއްޗެއް ހޭ މަދު ވަނީ؟ ކޮން ބޭހެއް ނުދެވިގެން މި އުޅެނީ؟ ގޯސްތަކެއް އެބަވޭ ނޫންތޯ. އަޅުގަނޑުމެން ޒުވާނުންގެ ތެރޭގައި ޝަރީކުކުރާ މީހުން މަދެއް ނޫން. ދީނުގައި އެންމެ ބޮޑަށް ޙަރާމް ކުރެވިފައިވާ ކަންތައްތަކަށް، އެ ހައްޤުތަކަށް އަރައިގަންނަ މީހުން މަދެއް ނޫން" ރައީސް ޔާމީން ވިދާޅުވިއެވެ.

އެކަމަށް ފަރުވާ ނުދެވޭ ކަމުގައިވާނަމަ ރާއްޖެ ކިހާ ދުވަހަކަށް ދެމި އޮންނާނެތޯ ވިދާޅުވެ ސުވާލު އުފައްދަވަމުން ރައީސް ޔާމީން ވިދާޅުވީ އެކަމަށް ފަރުވާ ދެވެން ޖެހޭ ކަމަށާއި މިހާރު ނަގައިދިން ފިލާވަޅުތައް ނުފުދޭ ކަމަށް އެކަމުން ދައްކުވައިދޭ ކަމަށެވެ.

"އަޅުގަނޑުމެންގެ މިހާރު މިހިރަ ދީނީ މުޤައްރަރުގައި ނުފުދިދާ ކަންތައްތަކެއް ހުރީމަ މިހެން ވަނީ. އަދި މައިންބަފައިންގެ ތަރުބިއްޔަތާއި މަދަރުސާގެ ތަރުބިއްޔަތުގެ ތެރޭގައި ނުފުދިދާ ކަންތައްތަކެއް ހުރީމަ އެހެން ވަނީ. އަޅުގަނޑަކަށް މިކަމެއް ކަމަކު ނުދޭ، އަޅުގަނޑު ބޭނުން ވަނީ ދިވެހި ރާއްޖޭގައި ތިބޭނީ ސައްތައިން ސައްތަ ދިވެހިންކަމުގައި އަބަދުވެސް ވުން. އަޅުގަނޑުމެން ނަގައިދޭ ސިލަބަސްގައި މައްސަލަ އެބައުޅޭ އެހެންވެގެން ޑރ. ޝަހީމް އަޅުގަނޑާއި ގުޅިވަޑައިގަތުމަށް ދައުވަތު އެރުވީ" ރައީސް ޔާމީން ވިދާޅުވިއެވެ.     

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
30 ޖުލައި 2018 | ހޯމަ 10:02
އަބޫ
ވަރަށް ރަނގަޅު ވާހަކަފުޅެއް. ހެޔޮހިތުން ހެޔޮނިޔަތުގައި އެކަން ބަދަލުކުރުމަށް މަސައްކަތްކުރައްވާނެކަމުގައި އުންމީދުކުރަން. އަދި އެކަމަށްޓަކައި ދީނީ ބޭފުޅަކު ރިޔާސީ ބައިވެރިޔަކަށް ނެންގެވިކަމީ ހެޔޮފާލެއް. މި ކޮމެންޓްވެސް ޖައްސަވާދެއްވާތި