ކ. މާލެ
|
30 ޖުލައި 2018 | ހޯމަ 00:42
ގުޅިފައިވާ އިއްތިހާދުން ބ އަތޮޅަށް ކުރަށްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ބ. ދަރަވަންދޫއަށް ވަޑައިގެން އެމްޑީޕީެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ( އިބޫ ) ވާހަކަފުޅު ދައްކަވަނީ
ގުޅިފައިވާ އިއްތިހާދުން ބ އަތޮޅަށް ކުރަށްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ބ. ދަރަވަންދޫއަށް ވަޑައިގެން އެމްޑީޕީެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ( އިބޫ ) ވާހަކަފުޅު ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ރީ-ރަޖިސްޓްރީ ކުރުމުގައި އޮޅުވާލާ، ރަޖިސްޓްރީވެފައިވަނީ ވޯޓްލާން ބޭނުންވާ ފޮށީގައިތޯ ބެލުން މުހިންމު: އިބޫ
މިއަދު ދިވެހިރައްޔިތުން ކުރަން ޖެހިފައި އޮތް އެންމެ ބޮޑު ކަމަކީ ވޯޓުލުމަށް ތައްޔާރުވުން
އެކަމަކީ ވަރަށް ވިސްނައިގެން ކުރަން ޖެހޭ ކަމެއް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ރީ-ރަޖިސްޓްރޭޝަން ކަންތައް ކުރިއަށް ގެންދާއިރު އެކަންތައްތަކުގައި އޮޅުވާލުންތަކާއި މަކަރު ހެދުންތައް އެބަހުރި ކަމަށާއި ރަޖިސްޓްރީވެފައި އޮތީ ވޯޓްލާން ބޭނުންވާ ފޮށީގައިތޯ ބެލުން މުހިންމު ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ދަތުރުފުޅުގައި ބ. ދަރަވަންދޫ އަށް އާދިއްތަ ދުވަހުގެ ރޭ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އިބޫ ވިދާޅުވީ މިއަދު ދިވެހި ރައްޔިތުން ކުރަން ޖެހިފައި އޮތް އެންމެ ބޮޑު ކަމަކީ ވޯޓުލުމަށް ތައްޔާރުވުން ކަމަށާއި ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ކުރެވިފައި އޮތީ ކޮންތަނެއްގައި ތޯ ބަލަންޖެހޭނެ ކަމަށެވެ. އަދި އެކަމަކީ ވަރަށް ވިސްނައިގެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

"އަޅުގަނޑުމެންނަށް މި އިވޭ އަޑުތަކުގެ ތެރޭގައި އޮޅުވާލުންތަކާއި މަކަރު ހެދުންތައް މީގައި އެބަ ހިމެނޭ، އެހެންކަމުން ދެ ފަހަރަށް އަދި ތިން ފަހަރަށް ވެސް ވޯޓަސް ރަޖިސްޓްރީ ބަލަން ޖެހޭނެ އަދި އޮތީ ވޯޓްލާން ބޭނުންވާ ފޮށީގައި ރަޖިސްޓްރީވެފައި އޮތްތޯ ވެސް ބަލަންޖެހޭނެ" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ސަރުކާރަށް އެންމެ ބޮޑު ފައިދާއެއް ވާނީ ބ. ދަރަވަންދޫ އެއަރޕޯޓުން ކަމަށާއި އެހެންނަމަވެސް ސަރުކާރުން ވަނީ އެ ރަށުގެ ތަރައްޤީ އަށް އިހުމާލުވެފައި ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން އެއްތަނަކަށް އެއް ނުކުރިކަމުގައިވީ ނަމަވެސް ރާއްޖެ ތަރައްޤީ ކުރެވިދާނެ ކަމުގެ އެއް މިސާލު ދަރަވަންދޫ އިން ފެނިގެންދާ ކަމަށް އިބޫ ވިދާޅުވިއެވެ.

ގެސްޓް ހައުސްގެ ސިޔާސަތުގެ ދަށުން ރަށަށް އައި ތަރައްޤީއާ ކުރިއެރުން ފާއިތުވި 4 އަހަރު ބ. ދަރަވަންދޫ އިން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުރިހާ ރަށެއްގެ ރައްޔިތުންނަށް ނަރުދަމާގެ ނިޒާމް ޤާއިމް ކޮށްދިނުމަކީ ޤާނޫނު އަސާސީން ސަރުކާރުގެ މައްޗަށް ލާޒިމްކުރާ ކަމެއްކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ އެހެންނަމަވެސް ސަރުކާރުން އެކަމަށް އިހުމާލުވެފައިވާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އިބޫގެ ވެރިކަމެއްގައި ބ. ދަރަވަންދޫގެ ރައްޔިތުންނަށް ނަރުދަމާގެ ނިޒާމު ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިބޫ އިތުރަށް ވިދާޅުވީ ބ. ކިހާދުގައި ވެސް ފެނާއި ނަރުދަމާ ނިޒާމުގެ އިތުރުން ކަރަންޓުގެ ދަތިކަން ހުރިކަން ކަމަށާއި ޒުވާނުން ފުޓްބޯޅަ ކުޅޭނެ ދަނޑެއް ވެސް އެ ރަށުގައި ނެތް ކަމަށެވެ. އަދި އެކަންތައްތަކަކީ ސަރުކާރަކުން އިހުމާލުވެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި މި ޤައުމު ތަރައްޤީ ކުރާނީ ޖަޒީރާވަންތަ ރާއްޖެއެއްގެ ގޮތުގައި އެގޮތުން ވަކި ރަށެއް އިސްތިސްނާ ނުކޮށް އަޅުގަނޑު މިދެންނެވި ކަންތައްތައް އަޅުގަނޑުމެން ގެނެސްދޭނަން. އަޅުގަނޑު މިދިނީ އަޅުގަނޑުމެންގެ ވެރިކަމެއްގައި މިކަންތައްތައް ކުރެވިދާނެ ކަމުގެ ޔަޤީންކަން، އެ ވިސްނުމުގައި އަޅުގަނޑުމެން ނިކުމެ މި ތިބީ" އިބޫ ވިދާޅުވިއެވެ.

ބ އަތޮޅަށް ފައްޓަވާފައިވާ ދަތުރުން ފާހަގަވެގެންދިޔައީ ރަށްރަށުން ރައިސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނަން ތައްޔާރަށް އޮތް މަންޒަރު ކަމެއް ވެސް އިބޫ ވިދާޅުވިއެވެ.

 

  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
29 ޖުލައި 2018 | އާދީއްތަ 23:28
Neel
Fenaka WAMCO maldives gas MPL kudhin gen goss ethanu gai gana thaluvaa mees meehun ah guluvaa foam furaafa huri tho balaa. Ehves ujoora akaa nulaa majuboorun office thakuga bodun thah amuru kury maa goi hus wefaa tibi kudhin dhany