ކ. މާލެ
|
28 ޖުލައި 2018 | ހޮނިހިރު 22:27
އަލީ ހުސެއިން ޖަލްސާގައި ވާހަަކަ ދައްކަވަނީ
އަލީ ހުސެއިން ޖަލްސާގައި ވާހަަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ތުޅާދޫ ޖަލްސާ
ގެއަށް ވަންނަން ޖެހޭނީ ރައީސް ޔާމީން ފުރުވާލާފަ: އަލީ ހުސެއިން
ދިވެހިން މިހާރު ދިރިއުޅެމުން ގެންދަނީ ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރިކަމުގެ ތެރޭގައި
ގައުމުގެ މިނިވަންކަން ދިފާއު ކުރަން ޖެހޭ
މާލެއަށް އަނެއްކާވެސް މީހުން ތޮއްޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދޭ

ދިވެހި ރައްޔިތުން ގޮތެއް ނިންމަން ޖެހޭނީ ހަމައެކަނި ވޯޓަކުން ނޫން ކަމަށާއި ވޯޓުލުމަށް ފަހު ގެއަށް ވަންނަން ޖެހޭނީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރާއްޖެއިން ފުރުވާލާފަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ)އަށް ތާއީދު ހޯއްދެވުމަށް ހޮނިހިރު ދުވަހުގެ ރޭ ބ. ތުޅާދޫގައި ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ދިވެހިން މިހާރު ދިރިއުޅެމުން ގެންދަނީ ހައްދުފަހަނަ އަޅާފައިވާ އަނިޔާކަމުގެ ތެރޭގައި ކަމަށާއި ޤައުމުގެ މިނިވަންކަން ދިފާއު ކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރެވޭނީ އިސްލާހަށް މަސައްކަތް ކުރާ ރައްޔިތުންނަށް އެކަނި ކަމަށް އަލީ ހުސެއިން ފާހަގަކުރެއްވިއެވެ.

ބޮޑެތި ލޯނުގެ ސަބަބުން ދިވެހިރާއްޖޭގެ މިނިވަންކަން މަޑުމަޑުން ދޫވެގެންދާ ތަން ފެނަމުންދާ ކަމަށާއި ލޯނު ދެއްކޭނެ މަގު ރާވާފައި ނެތި، ބަޔަކު ލޯނު ދޭން ތިބުމުން އެ ލޯނު ދިވެހި ސަރުކާރުން ނަގަމުންދާ ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވިއެވެ. އަދި އެއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހަޤީޤަތުގައި ރައީސް ޔާމީންގެ ވެރިކަން ނެގެހެއްޓުމަށްޓަކައި އެމަނިކުފާނުގެ ޖާހު ބޮޑު ކުރެއްވުމަށްޓަކައި މި ސަރުކާރުން ވައްކަމުގައި ގެއްލިފައިވާ ފައިސާ އާއި ހިޔާނާތުގެ ގޮތުގައި ގެއްލިފައިވާ ފައިސާ ބޮޑުވެގެން މި ދަނީ މި ޤައުމުން އިންސާފު ގެއްލިފައިވާތީ. ހަޤީޤަތުގައި ކޯޓުތަކާއި މިނިވަން މުވައްސަސާތައް ހައިޖެކް ކޮށްގެން، ހިފަހައްޓައިގެން އުޅެނީ ހަމަ އެންމެ ކަމެއް ހޯދަން، ރައްޔިތުންގެ ލޯބި ހޯދާކަށް ނޫން، ނަހަލާލު ފައިސާ އެއްކުރަން އުޅެނީ، އެއީ މި ޤައުމުން ކުރަން އުޅޭ ކަންތައް" އަލީ ހުސެއިން ވިދާޅުވިއެވެ.   

އަލީ ހުސެއިން އިތުރަށް ވިދާޅުވީ މާލެއަށް އަނެއްކާވެސް މީހުން ތޮއްޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި މިކަން ރައްޔިތުން ބަދަލުކުރަން ޖެހޭނެ ކަމަށެވެ.

ދިވެހިން އެދެނީ ސާފު ބޯފެނާއި ފާހާނައިގެ ނިޒާމާއި ފަސޭހަކަމާއެކު ދަތުރުގެ ނިޒާމެއް އޮތުމާއި ރައްޔިތުން ބޭނުން ވަނީ ރަށުން އުފެދޭ މީރު ކާނާ ބޭނުންކޮށްގެން، އުފާވެރި ދިރިއުޅެމެއް އާރާސްތު ކުރަން ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވިއެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް